ޚަބަރު

އެމަޖެންސީގައި ދިޔަ ފަޔާ ލޮރީއެއް ކޮންޓްރޯލް ނުވެގެން ގޮސް، ސައިކަލްތަކަކަށް އަރައި ބޮޑެތި ގެއްލުންތަކެއްވެއްޖެ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
މިއަދު ހިނގި އެކްސިޑެންޓުގައި ފަޔާ ވެހިކަލް ސައިކަލުތަކަކަށް އަރާފައި، ފޮޓޯ: ސަން އޮންލައިން

މިއަދު ހެނދުނު 06:00 ހާއިރު އެމެޖެންސިގައި ދިޔަ ފަޔާ ލޮރީއެއް ކޮންޓްރޯލް ނުވެގެން ގޮސް، ސައިކަލުތަކަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

Ads by Hajj Corporation

މި ހާދިސާ ހިނގާފައިވަނީ މާފަންނު ގަޑިބުރާ ދިމާލުން އޯކިޑުމަގަށް ވަންނަން ދިޔަ ފަޔާ ލޮރީ ކަހާލައިގެން ގޮސް، ކޮންޓްރޯލުން ނެއްޓިގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

l_169327530254A84i

މިއަދު ހިނގި އެކްސިޑެންޓުގައި ފަޔާ ވެހިކަލް ސައިކަލުތަކަކަށް އަރާފައި، ފޮޓޯ: ސަން އޮންލައިން

މަޢުލޫމާތު ލިބިފައިވާގޮތުގައި ފަޔާ ލޮރީ ކަހާލީ، އޯކިޑު މަގަށް ވަންނަ ދިމާލުގައި ނުޤަވާއިދުން ޕާކުކޮށްފައި އޮތް ކާރަކުން ނެއްޓުމަށް ބުރެކި ޖެއްސި ވަގުތުކަމަށާއި، ރެއިން ފެށިގެން ވާރޭ ވެހިފައި ހުރުމުން މަގުމަތީ ފެން ހުރުމުން އިތުރަށް ކަހާލީކަމަށެވެ.

l_169327514423aAOY

މިއަދު ހިނގި އެކްސިޑެންޓުގައި ފަޔާ ވެހިކަލް ސައިކަލުތަކަކަށް އަރާފައިވަނީ ނުޤަވާއިދުން ޕާކުކޮށްފައިވާ ކާރަކުން ނައްޓަން އުޅުމުގެ ތެރޭގައި، ފޮޓޯ: ސަން އޮންލައިން

މި އެކްސިޑެންޓުގައި ފަޔާ ލޮރީ ކަހާލައިގެން ގޮސް ޖެހިފައިވަނީ މަގުގެ އަނެއް ފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައެވެ. އަދި އެ މަގުގައިހުރި ޑީބްލޫ މެރިންގެ ފިހާރައަށް ސައިކަލުތައް އަރައި އެ ފިހާރާއަށް ގެއްލުންތަކެއް ލިބިފައިވެއެވެ.

މި ހާދިސާގައި އެކްސިޑެންޓުވި ފަޔާ ލޮރީ އަކީ ދުން އަރަމުންދިޔަ ތަނަކަށް ދިޔަ ތަނަކަށް ދިޔަ ވެހިކަލްއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!