ޚަބަރު

ދުވާފަރުން ބުނީ މުޢިއްޒު ހޮވާނީ އެއްބުރުން ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު، ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މީގެ އިރުކޮޅެއް ކުރިން ވަނީ ދުވާފަރަށް ވަޑައިގެންފައެވެ.

Ads by Sosun Fihaara

ދުވާފަރުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް، ބަނދަރު ސަރަހައްދަށް ކުދި، ބޮޑު، ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވެފައިވެއެވެ. މަރުޙަބާ ކިޔަން ނުކުމެ ތިބި މީހުން ގޮވައިލީ މުޢިއްޒު ހޮވާނީ "އެއްބުރުން" ކަމަށެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެމްޕެއިންގެ ޖަގަހައެއް މިރޭ މާލޭގައި ހުޅުވާނެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ، މައްޗަންގޮޅީ ދެކުނު ޖަގަހަ، މިރޭ ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ޖަގަހަ ހުންނަނީ، މައްޗަންގޮޅި ސަހަރާ ކަންމަތި، (ޕީޓްރަލް ކުރިމަތީ)ގައި ކަމަށެވެ.

ޕީޕީއެމުން ބުނި ގޮތުގައި، މިރޭ ޖަގަހަ ހުޅުވައިދެއްވާނީ މުއިއްޒުގެ ރަނިންމޭޓް، ޙުސައިން މުޙައްމަދު ލަތީފު(‏ސެމްބެ)އެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ރ.އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅު ކުރައްވަމުން ގެންދަވާއިރު، ބޯ ވާރޭގައި ވެސް އެމަނިކުފާނަށް ރަށްތަކުން ކިޔަމުން އަންނަނީ ވަރަށް ހޫނު މަރުހަބާއެކެވެ.

މިރޭ ދުވާފަރުގައި ކެމްޕެއިން ޖަލްސާއެއް ވެސް އޮންނާނެއެވެ.

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!