މުއިއްޒު މާދަމާ ބ.އަތޮޅަށް

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު މާދަމާ ބ.އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާނެއެވެ.
މުޢިއްޒުގެ ދަތުރުގެ ޝެޑިއުލްގައި ވާގޮތުން، އެމަނިކުފާނު މާދަމާ ހެނދުނު ވަޑައިގަންނަވާނީ، ރ.އިނގުރައިދުއަށެވެ. އެއަށްފަހު، ބ.ކުޑަރިކިލަށް އަދި ކެންދުއަށް ވަޑައިގަންނަވާނެއެވެ. އޭގެ ފަހުން ދަރަވަންދުއާއި އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މާދަމާގެ ފަހު މަންޒިލަކީ އޭދަފުއްޓެވެ.
އެ ރަށުގައި މާދަމާ ރޭ ޖަލްސާއެއްވެސް ބާއްވާނެއެވެ. މިރޭ މުއިއްޒުގެ ކެމްޕެއިން ޖަލްސާއެއް އޮންނާނީ ރ.ދުވާފަރުގައެވެ. މިއަދު އެ އަތޮޅުގެ ބައެއް ރަށްތަކަށް މުޢިއްޒު ވަޑައިގަތުމުން، އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔައިފައެވެ.