ޚަބަރު

ފައިނުގައި އެއާޕޯޓެއް އަޅައިދޭނަަން: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރ.ފައިނުގައި އެއާޕޯޓެއް އަޅައިދެއްވުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފިއެވެ.

Ads by STELCO

ކުރީގެ ރައީީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފައިނުގައި އެއާޕޯޓެއް  ނިންމިއެވެ. ނަމަވެސް އެ ނިންމުން މި ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ.

ރ.އިނގުރައިދޫއަށް ވަޑައިގެން ޑރ.މުޢިއްޒު ވިދާޅުވީ ފައިނުގައި އެއާޕޯޓު އަޅަން ހިއްކަން ޖެހެނީ ވަރަށް ކުޑަ ބިމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުއަކީ  ޚަރަދުކުޑަ، ދެކޮޅުޖެހޭ މަޝްރޫޢުއެކެވެ.

އެ އެއާޕޯޓުގެ ސަބަބުން އެ ދާއިރާގެ ރަށްތަކަށާއި އެ ސަރަހައްދުގައި ހުރި ރިސޯޓުތަކާއި ހުޅުވެން އޮތް 10 ވަރަކަށް ރިސޯޓަށް ވެސް ފައިދާކުރާނެ އިންވެސްޓްމަންޓަކަށްވާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

ރ.އަތޮޅުގައި މިހާރު އޮންނަނީ އިފުރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓު އެކަންޏެވެ. މި ސަރުކާރުން އެއާޕޯޓު އަޅަން ނިންމާފައިވަނީ ކިނޮޅަހާ ޖެހިގެން އޮންނަ ބެރިޔަންފަރުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!