ޚަބަރު

އުރީދޫ ހެޑްކުއާޓަރގެ ފޮޓޯއެއް ނުވަތަ ރީލްއެއް ހިއްސާކޮށްގެން އިންސްޓާ 360 އެއް ހޯދުމުގެ ފުރުސަތު!

ރައުފާ ރަޝީދު ، ދެން އޮންލައިން

މީސްމީޑިއާގައި އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރާ ގެ ފޮޓޯއެއް ނުވަތަ ރީލް އެއް ހިއްސާކޮށްގެން އިންސްޓާ360 އެއް ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

Ads by MWSC

އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ޓިކްޓޮކް، އިންސްޓަގްރާމް، ފޭސްބުކް އަދި ޓްވިޓާ ފަދަ ޕްލެޓްފޯމްތައް އެކްޓިވްކޮށް ބޭނުންކުރާ ރާއްޖޭގެ ރައްޔިތުންނަށް ހުޅުވާލާފައިވާ މުބާރާތެކެވެ.

މީސްމީޑިއާގައި ލާ ފޮޓޯ/ވީޑިއޯ އަކީ އެމީހަކު އަމިއްލައަށް ނަގާފައިވާ އެއްޗަކަށް ވާންޖެހޭނެ ކަމަށާ، އެއް ފޮޓޯ/ވީޑިއޯ އަށްވުރެ ގިނައިންވެސް ލެވޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. އަދި ޕޯސްޓު މީސްމީޑިއާ އަށް ލާއިރު، އުރީދޫ މޯލްޑިވްސް ގެ ރަސްމީ އެކައުންޓް ޓެގް ކުރުމަށްފަހު "މަވެސް އުރީދޫ" ހޭޝްޓެގް ލިޔުމަށްފަހު ޕަބްލިކް ޕޯސްޓެއްގެ ގޮތުގައި ހިއްސާ ކުރުމަށް އުރީދޫން ވަނީ އެދިފައެވެ.

މުބާރާތުގައި ބައިވެރިކުރާ ފޮޓޯ އާއި ވީޑިއޯތަކަށް ޖަޖު ކުރާނީ ކަމުގެ ތަޖުރިބާ ހުރި ފަރާތްތަކުން ކަމަށާ، އެގޮތުން ފޮޓޯ/ވީޑިއޯ ކޮލިޓީ އާއި ލައިޓިންގ ފަދަ ކަންކަމުގެ އިތުރުން މީސް މީޑިއާގައި އެއަށް ލިބޭ ލައިކްސް އާއި ޝެއާ އަށްވެސް ބެލޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!