ޚަބަރު

މުޢިއްޒު ވިދާޅުވަނީ "ކުރަން ކުރަން" ނުތިބެ، ކޮށްފައި ދައްކާނެ ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި ސަރުކާރުން "ކުރަން، ނުކުރަން" އުޅޭ، ބ.ތުޅާދޫ އެއާޕޯޓްގެ މަޝްރޫއު ނިންމަވައި ދައްކަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ތުޅާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މުޢިއްޒު ވިދާޅުވީ ޕީޕީއެމް-ޕީއެންސީ އަކީ ކަންކަން "ކުރަން ކުރަން" ތިބޭ ބައެއް ނޫންކަން، ރައީީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ވާނީ ފެނިފައި ކަމަށެވެ.

"ކަމެއް ކުރާނަމޭ، އެމަނިކުފާނު ވިދާޅުވެފައި އޮތިއްޔާ، އެކަމެއް ވަނީ ކުރައްވަވާފަ، އިރާދަކުރެއްވިއްޔާމު، ހަމަ އެމަގުގަ، އަޅުގަނޑުމެން، ތި ބޭފުޅުން، ދިވެހި ރައްޔިތުން، އަޅުގަނޑުމެންނަށް އިތުބާރު ކުރައްވަވައިފިއްޔާ، ފެނިވަޑައިގަންނަވާނީ." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒުގެ ވެރިކަމެއްގައި ރައްޔިތުންނަށް ފެންނާނީ ނަތީޖާ ނެރެދޭނެ ސަރުކާރެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ޝައްކު ނުކުރައްވާ، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އަޅުގަނޑުމެން ހުސް ވައުދެއް ނުވާނަން."

މުޢިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގަންނަވަނީ ހުސް ވަޢުދުފުޅުތަކެއް ނޫން ކަމަށާއި، މަޝްރޫޢުތަކަށް ފައިސާ ހޯދާނެ ގޮތް ފަދަ ޓެކްނިކަލް މަޢުލޫމާތުތައް ވެސް ހިއްސާ ކުރަމުން އަންނަ ކަމަށެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!