ޚަބަރު ސިޔާސީ

ތަފާތު ކެންޕެއިން ހަރަކާތަކާއެކު، ސެންބެ ޒުވާނުންނާއެކު ސައިކަލު ބުރަކަށް!

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން، ފޮޓޯ: ޕީޕީއެމް

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު، މި އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި ރަނިންމޭޓުން ދަނީ ތަފާތު އެކި ކެންޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

Ads by Sosun Fihaara

އެގޮތުން މިއަދު ހަވީރު ހުޅުމާލޭގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަތީފް ވަނީ އެތައް ސަތޭކަ ޒުވާނުންނާއެކު ހުޅުމާލޭގެ މަގުތަކުގައި ސައިކަލު ބުރެއް ޖަހާފައެވެ. މި ސައިކަލު ބުރަކީ މިހާތަނަށް މާލެ ސަރަޙައްދުގައި ބޭއްވުނު އެންމެ ބޮޑު ސައިކަލު ބުރެވެ.

މި ސައިކަލު ބުރުގެ ހަރަކާތް ހިނގަމުންދިޔައިރު ޒުވާނުން ވަނީ ޑރ. މުއިއްޒުއަށާއި ސެންބެ އަށް ތާއީދުކޮށް، ވޯޓުލުމަށް ގޮވާލާފައެވެ.

ހުޅުމާލެ ފޭސް އެކެއްގެ ފެރީޓާމިނަލް ސަރަޙައްދުން ފެށި މި ސައިކަލު ބުރު ނިންމާލާފައިވަނީ ޒުވާނުންގެ ޑްރިފްޓުކުރުމުގެ ހުނަރު ދައްކާލުމަށްފަހުގައެވެ.

ރޭސިންގ އަކީ ވަރަށް ކުރިއަރަމުން އަންނަ ކުޅިވަރެއްކަމަށާއި، މި ކުޅިވަރު ތަރައްޤީކުރުމަށް ގްރޭޓަރ މާލޭ ޒޯންގަ އާއި، އުތުރު ޑެވެލޮޕްމަންޓް ޒޯންގަ އާއި ދެކުނު ޑެވެލޮޕްމަންޓް ޒޯންގައި އިންޓަރނޭޝަނަލް ފެންވަރުގެ ރޭސިންގ ޓްރެކް ޤާއިމުކޮށްދެއްވާނެކަމަށް މުއިއްޒުވަނީ ވަޢުދުވެވަޑައިގެންފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!