ދީނީ ޢިލްމުވެރިން ހުތުރުކޮށް ވާހަކަ ދެއްކުމަކީ، ނުބައި ނަތީޖާ ނުކުމެދާނެ ކަމެއް: ޖަމީލު
ދީނީ ޢިލްމުވެރިން، އެހެން މީހުންނާއި ދިމާލަށް ހުތުރުކޮށް އެއްޗެހި ކިޔުމުގެ ނަތީޖާ ވަރަށް ނުބައި ވެދާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީން މާލޭގައި ބޭއްވި "އުފާވެރި މާލެ" ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާާން ވަނީ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު އަކީ މަޤާމަށް ދަހިވެތިވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވައި، މުޢިއްޒުއަށް "ކާންދީ ބޯންދީ ބެލެހެއްޓީ ވެސް އަޅުގަނޑުމެން" ކަމަށް ވިދާޅުވެފައެވެ.
އިމްރާންގެ މި ވާހަކަތަކާއި ގުޅިގެން، ރައީީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ވިދާޅުވީ، ކީރިތި ރަސޫލާގެ ޙަދީޘް ފުޅެއްގައި ވަނީ 'މުސްލިމުންގެ ސިފަޔަކީ ތިމާގެ ދުލާއިއަތުން އަނެއް މުސްލިމާއަށް ރައްކާތެރިކަން ލިބިގަތުން.' ކަމަށެވެ.
"ރާއްޖޭގައި އެންމެ ހުތުރުކޮށް މީސްމީހުންނަށް އެއްޗެހި ކިޔާމީހުންގެ ތެރޭގައި ދީނީ މީހުން ހިމެނޭކަމީ ދީނާ ދުރަށް މީހުންހިނގައި ދާނެ ސަބަބަކަށް ވެދާނެ. އަދި މިއީ ވ. ނުބައި ނަތީޖާ ނިކުމެދާނެކަމެއް." ޖަމީލު ވިދާޅުވިއެވެ.
އިމްރާން މިއަދު ވިދާޅުވީ، އޭނާ މުޢިއްޒުއާ ގުޅޭގޮތުން "ކުޑައެއްޗެއް ވިދާޅުވީ" މުޢިއްޒު އިނގޭތީ ކަމަށެވެ. އިމްރާން ރޭގެ ޖަލްސާގައި، މުޢިއްޒުގެ ހިތްޕުޅަށް އަރާވަޑައިގަންނަވާ އެއްޗެއް ކަމަށް ވިދާޅުވެ، ބައެއް ވާހަކަތައް ވެސް ދެއްކެވިއެވެ.
ޖަމީލަށްއެކަންއެނގުނީމިހާރުތަޖަމީލަައްކިޔިފަހުރިއެއްޗިހިއަޑުއަހައިބަލާަލަބަލަ
ފަހަރެންގާ ެސް އިމުރާނަކީ ދީނީއިލްމުވއރިއެއްކަމަން މީހުންނުދެކެ ވާނީ ސިހުރުގެ މާހިރަކަން