ޚަބަރު ސިޔާސީ

ކޯނީ ރިޕޯޓު ގެއްލިއްޖެ, މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅައިފިން: ރައީސް ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012ވަނަ އަހަރު ބަދަލުވި ގޮތާއި ގުޅޭ ގޮތުން އެކުލަވާލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް މިހާރު ފެންނަން ނެތް ކަމަށާއި އެކަން ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ އިންތިހާބަށް ހދ. ނޭކުރެންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކޯނީ ރިޕޯޓު މިހާރު ނެތް ކަމަށާއި, އެ ވީތަނެއް ނޭނގިގެން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ވީތަނެއް ނޭނގެ މިހާރު. އެ މައްސަލަ ބަލަން އަޅުގަނޑުމެން ވާނީ މިހާރު ފުލުހަށް ހުށަހަޅާފައި. މިއީ ދައުލަތުގެ ކޮން ކަހަލަ ބޮޑު ސިއްރެއްތޯ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އިންތިޚާބަށް ނުކުންނަވައިގެން ތިއްބެވި ކެންޑިޑޭޓުންނާ މެދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރަން ޖެހޭ ކަމަށެވެ. މިކަމުގައި ޒިންމާވާ މީހުން އިގޭނީ މައްސަަލަ ބަލައި ތަހުގީގު ކުރުމުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޯނީ ރިޕޯޓު 25 އަހަރު ވަންދެން ރައްކާ ކޮށްފައި ބޭއްވުމަށް އޮތީ ނިންމައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!