ޝައްކު ނުކުރައްވާ, ކުޅުދުއްފުށި ސިޓީއަށް އިތުރު ތަރައްގީ ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާނަން: ރައީސް ޞާލިޙް
ކުޅުދުއްފުށި ސިޓީއަށް އިތުރު ތަރައްގީ ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ކުުޅުދުއްފުއްޓަށް ވަޑައިގެން ބޭއްވި ޖަަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އުތުރުގެ އެންމެ ބޮޑު އިގްތިސޯދީ ހަބަކަށް އެ ސިޓީ ހަދައިދެއްވާނެ ކަމަށެވެ. އަދި ޝައްކު ނުކުރުމަށާއި ސިޓީއަށް އިތުރު ތަރައްގީ ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެ ސިޓީއަށް ރައީސް ޞާލީޙް ވެފައިވާ ވައުދުތަކުގެ ތެރޭގައި 1000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށް އަމަލީ މަސައްކަތް ފެށުން, ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައި ދިނުން, ކުޅުދުއްފުށި އިތުރަށް ހިއްކެން އޮތް މިންވަރަކަށް ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތް ކުރުން, އަދި ކައިރި ރަށްރަށުން ތަކެތި ވިއްކުމަށް އަންނަ ފަރާތްތަކަށް ހާއްސަ ކޮމާޝަލް ބަނދަރެއް ހެދުން ހިމެނެއެވެ.
މީގެ އިތުރުން ރަށުގައި ނުހަދާ ބާކީ ހުރި ހުރިހާ މަގުތަކެއް ތަރައްގީ ކުރުން
ކުނބުރުދޫއަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ހަދާ ބޯޓް ބިލްޑިން މަސައްކަތަކާއި ގުދަން ކުރުމާއި، ޕެކިން ކުރާ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުން
ކުޅުދުއްފުށިން ކްރޫޒްލައިނާ ތަކަށް ހިދުމަތް ދޭގޮތަށް ހަދުން ހިމެނެއެވެ.
އަދި މަގު ހަދާއިރު ރަންވޭ ފަހަތުން ދަތުރު ކުރެވޭ ގޮތަށް އެކްސެސް ރޯޑެއް ހެދުން, ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދިނުމާއި ލޯކަލް ޓޫރިޒަމް ތަރައްގީ ކުރުމަށް އެ ސަރަހައްދަށް ހާއްސަ ސްކީމެއް ތައާރަފް ކުރުން ވެސް ރައީސް ޞާލިޙްގެ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.