ޚަބަރު ސިޔާސީ

މަތިވެރިން ޑރ.މުޢިއްޒަށް ޙަމަލާދޭން މަސައްކަތްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސި ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް އއ.މަތިވެރިން ޙަމަލާދޭން މަސައްކަތްކޮށްފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ މަތިވެރިން ދެ މީހެއްގެ މެދުގައި ބޭއަދަބީ އަތުގެ އިޝާރާތްތަކެއް ކޮށް, ހަމަނުޖެހުން ހިންގުމާއި ގުޅިގެން އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މައުލޫމާތު ސާފުކުރުމަށް ފަހު އެމީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން މި ހަމަނުޖެހުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު, ޑރ. މުޙައްމަދު މުޢިއްޒަށް ހަމަލާދޭނެ އުޅެފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.

މަންޒަރުތަކުން ފެންނަގޮތުން އެވަގުތު ހަމަނުޖެހުން ހިންގަން މަސައްކަތްކުރި މީހުން ދުރަށް ޖައްސާފައިވަނީ އެވަގުތު އެ ސަރަހައްދުގައި ތިބި މުއިއްޒުގެ ސަޕޯޓަރުންނާއި ފުލުހުން ގުޅިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!