ޚަބަރު

މުއިއްޒުއާ ސުވާލު ކުރުމުގެ ފުރުސަތު މިރޭ ލިބޭނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުއާ ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށް މިރޭ އެ ފުރުސަތު ލިބޭނެއެވެ.

Ads by Sosun Fihaara

މި ފުރުސަތު ލިބިގެންދާނީ "އާސްކް މުޢިއްޒު"ގެ ނަމުގައި ސަންގު ޓީވީން މިރޭ ގެނެސްދޭ ޕްރޮގްރާމްގައެވެ.

މި ޕްރޮގުރާމު ފަށާނީ މިރޭ 9:00 ގައިކަމަށް، ސަންގު ޓީވީން ބުނެފައިވެއެވެ.

ބޭނުން ކޮންމެ ސުވާލެއް ވެސް ކުރެވޭ މި ޕްރޮގުރާމުގައި ސުވާލުކުރަން ބޭނުންވާ މީހުންނަށް އެ ޕްރޮގުރާމަށް ނަން ނޯޓުކުރަން، "SE" ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު askmuizzu ޖައްސަވައި ނަމާއި އުމުރާއި ރަށް ޖެއްސެވުމަށްފަހު ފޮނުއްވާނީ 3366 ނަންބަރަށެވެ.

ރިޔާސީ ކެމްޕެއިނުގައި މުއިއްޒު މިހައިތަނަށް ގިނަ ރަށްރަށަށް ވަޑައިގެންފައިވާއިރު، މިއަދު އެމަނިކުފާނު ވަނީ މާލޭގައި ދޮރުން ދޮރަށް ހިންގަވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!