ޚަބަރު ސިޔާސީ

2018 އިންތިޚާބު ވަގަށް ނެގި ގޮތަށް މި އިންތިޚާބު ނަގަން ރައީސް ޞާލިޙް އެބަ މަސައްކަތްކުރޭ: އަދުރޭ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ޕީޕީއެމް

2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު ވަގަށް ނެގި ގޮތަށް މި އަހަރުގެ އިންތިޚާބަށް ވެސް ނުފޫޒު ފޯރުވަން މި ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއާ މެދު މި ސަރުކާރުން ދޮގު ތުހުމަތުތަކެއް ކުރައްވާކަމަށާއި އެގޮތުން ކެމްޕޭންތަކުގައި ގޭންގުތައް ބައިވެރިކޮށްގެން ކުރިއަށްދާކަމަށް މި ސަރުކާރުގެ ފޮރިން މިނިސްޓަރު ވިދާޅުވެފައިވާކަމަށެވެ.

"މި ސަރުކާރުގެ ފޮރިން މިނިސްޓަރު ވިދާޅުވޭ ޑރ. މުއިއްޒު އަޅުގަނޑުމެންގެ ކެންޑިޑޭޓުގެ ކެމްޕޭނުގައި ގޭންގުތައް ބައިވެރިކޮށްގެން ކުރިއަށްގެންދާ ވާހަކަ، ބޭރުގެ ނިއުސްތަކުގައިވެސް އެބަހުރި ރިޕޯޓުކޮށްފައި. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، އަޅުގަނޑުމެންގެ ކެމްޕޭނުގައި މަސައްކަތް މިކުރަނީ ޤައުމާއި ދީނާއި މިނިވަންކަމުގެ ޙައްޤުގައި މަސައްކަތްކުރާ މީހުން" އަދުރޭ ވިދާޅުވިއެވެ.

މުއިއްޒުގެ ކެމްޕޭނުގައި މަސައްކަތްކުރައްވަނީ ހަމައެކަނި ޕީޕީއެމް/ޕީއެންސީ އިން ނޫންކަމަށާއި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްނުވިނަމަވެސް ޤައުމަށް ހެޔޮއެދިވަޑައިގަންނަވާ އެތައް ބޭފުޅުން ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ އެހެން ބޭފުޅުންވެސް މުއިއްޒުގެ ކެމްޕޭނުގައި މަސައްކަތްކުރައްވަނީ ރައީސް ޔާމީނުގެ ވިސްނުންފުޅާއި އެއްގޮތަށް ކުރިއަށް ނުގޮސް ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ނުގެނެވޭނެކަމަށް އެބޭފުޅުންވެސް ޤަބޫލުކުރައްވާތީ ކަމަށެވެ.

"އެއީ ގައުމު މި ސަރުކާރުން ވައްޓާލާފައި އޮތް ހާލަތުން ގައުމު އަނބުރާ ހޯދުމަށްޓަކައި ރައްޔިތުން ގަބޫލުފުޅުކުރައްވަނީ ރައީސް ޔާމީނުގެ ވިސްނުންފުޅާއި އެއްގޮތަށް ކުރިއަށް ގޮސްގެންކަމަށް ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދެވޭނީ" އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް އޮތީ މުއިއްޒުއާއި އެކު ކަަމށާއި މުއިއްޒު ކުރިއަށް ގެންދަވަނީ ރައީސް ޔާމީނުގެ ފުރިހަމަ އިތުބާރާއިއެކު ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.

"ސަރުކާރުގައި ހުރި ހުރިހާ ބާރަކާއި، ހުރިހާ ނުފޫޒަކާއި ހުރިހާ ވަޞީލަތެއް ބޭނުންކޮށްގެންވެސް އިރާދުކުރެއްވިއްޔާ މި ކެމްޕޭނުގައި އެމީހުން ފެންނަނީ ވަރަށް ބޮޑުތަނުން ބަލިވާތަން، ޚުދު އިބްރާހިމް މުޙައްމަދު ޞާލިޙަށްވެސް އެބަ އެނގިވަޑައިގަންނަވާ އިބްރާހިމް މުޙައްމަދު ޞާލިޙުއަށް މިފަހަރުގެ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެކަން" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން، ދެވަނަ ބުރަކަށް އިންތިޚާބު ހިނގައްޖެނަމަ ޤައުމު ހަލަބޮލިވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވީ ބިރުދެއްކެވުމުގެ ގޮތުން ކަމަށާއި ރައްޔިތުން ތިބީ މި ސަރުކާރު ވައްޓާލަން ނިންމާފައިކަމަށް އަދުރޭ ވިދާޅުވިއެވެ.

"ބިރުދެއްކުމުގެ ގޮތުން ވިދާޅުވި އެއްޗެއްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ، ހަލަބޮލިކަމަކަށް ޤައުމުދިޔަކަ ރައްޔިތުންނެއް ނުދޭނެ" އަދުރޭ ވިދާޅުވިއެވެ.

އަދި މި ސަރުކާރަށް ވޯޓުން މި އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ އިތުރު ގޮތްތަކުން ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.

"އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ހަމަ ރައްޔިތުންގެ ޒާތީ މައުލޫމާތު ސަރުކާރުގެ އެކި އެކި މުއައްސަސާތަކުން ހޯދައިގެން މަސައްކަތްކުރައްވަމުން ގެންދަވާ ވާހަކަ ތިބޭފުޅުން މީޑިއާތަކަށް އެނގިވަޑައިގަންނަވާނެ، އެއާއި އެކީގައި އިތުރު ވޯޓު ކަރުދާސްތަކެއް ލީކުވެގެން އުޅޭވާހަކަ އެބަ އަޑުއިވޭ، އަދި އޭގެ އިތުރުން ބޭރު ގައުމެއްގެ އެހީތެރިކަމާއެކީގައި މި އިންތިޚާބު ހަމަ 2018 އިގެ އިންތިޚާބު ވަގަށް ނެގި ގޮތަށް ވަގަށް ނަގަން މަސައްކަތްކުރަމުންދާކަން އަޅުގަނޑުމެންނަށް މައުލޫމާތު އެބަ ލިބޭ" އަދުރޭ ވިދާޅުވިއެވެ.

ހަމައެއާއެކު މި ސަރުކާރުން އިންތިޚާބަށް ފައިސާގެ ނުފޫޒު ފޯރުވަމުންދާކަން ރާއްޖޭގެ އެކި ހިސާބުތަކުންނާއި މާލެ ސަރަހައްދުންވެސް މައުލޫމާތު ލިބިފައިވާކަމަށާއި މިއަދު ނޫސްވެރިންގެ ބައްދަލުވުން ކޮންމެހެންވެސް ބާއްވަން ބޭނުންފުޅުވީ އެ މައުލޫމާތުތައް ރައްޔިތުންނާއި ޙިއްޞާކުރެއްވުމުގެ ބޭނުމުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މި އިންތިޚާބުގައި މިހާރުގެ ސަރުކާރަށް ދެވަނަ ދައުރެއް ލިބިއްޖިއްޔާ އަޅުގަނޑުމެންގެ ގައުމު އަޅުގަނޑުމެންގެ އަތުގައި ނޯންނާނެ. އަޅުގަނޑުމެން އެހެން ގައުމެއްގެ އަޅުވެތިކަމަށް ދާނެ، އެއީ ސުވާލެއް އޮތް ކަމެއް ނޫން، ހިނގައިދާނީކީ ނޫން. ދާނެކަން ޔަޤީން، ގެންދިޔުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް އެބަގެންދޭ"

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޤައުމުގެ ސަލާމަތަށްޓަކައި އަދި ގައުމުގެ މުސްތަގުބަލު ދިވެހިންގެ އަތްމަތީ ބޭއްވުމަށް މުއިއްޒުއަށް ވޯޓު ދެއްވުމަށް އަދުރޭ އެދިވަޑައިގަތެވެ.

"ލޮބުވެތި ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުން ،މި އިންތިޚާބުގައި އެއްވެސް ނުފޫޒަކަށް ތަބާވެވަޑައިނުގަންނަވާށޭ، އެއީ މި އިންތިޚާބަކީ އަޅުގަނޑުމެން އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލު އަޅުގަނޑުމެންގެ އަތްމަތީގައި ބޭއްވުމަށްޓަކައި ގޮތް ނިންމާ އިންތިޚާބު" އަދުރޭ ވިދާޅުވިއެވެ.

އަދި އެކަންކަން ކުރެވޭނީ ދިވެހިންގެ މިނިވަންކަމުގައި ހައްޤުގައި އަދި މާތްވެގެންވާ އިސްލާމްދީން މަތިވެރިކޮށް މާދަމާގެ މުސްޓަގުބަލް ކަށަވަރުކޮށް ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރައްވާނެ ބޭފުޅަކަށް ކަމަށާއި މިއަދު އެކަން ކުރެވޭނީ ތަރައްޤީޤެ ކެންޑިޑޭޓު ވެރިކަމަށް ވަޑައިގެން ކަމަށާއި އެއީ ރައީސް ޔާމީނުގެ ވިސްނުންފުޅާއެކު ކުރިއަށް ވަޑައިގަންނަވާ މުއިއްޒުކަމަށް އަދުރޭ ވިދާޅުވިއެވެ.

Ads by Ooredoo
  1. ހަސަންކުރުސި7

    އަދުރޭއަނގައިގައިން ހައްޕުނޑުގަނޑުވެސް ވަގަށްނެގީދޯ؟ މިހާރުނުފެނެ ވަރަށް ރަތްކުޅުގަނޑެއްއެއްޗެއް ޖަހާތަން

  2. އަދުރޭއަނގައިގައިން ހައްޕުނޑުގަނޑުވެސް ވަގަށްނެގީދޯ؟ މިހާރުނުފެނެ ވަރަށް ރަތްކުޅުގަނޑެއްއެއްޗެއް ޖަހާތަން

  3. ފާތުން

    ކަލޭމެންގެއާރާބާރުގައިންތިހާބުވަގަށްނެގީއޭކުޑަކުދިންގާތު
    ދައްކާޓިނުވަގު

  4. އުމަރު ނަސީރު

    އިންތިހާބު ކޮން ވަގަކަށް ނެގޭނީ ޔާމީނު ހުރިނަމަ ބުނާނެ ތިރީގައިލާ ފާހަގަ މައްޗަަށް މަތީގައި ޖަހާ ފާހަގަ ތިރިއަށް ފާބަނީއޭ

  5. އަބްދޫ

    2018 ގެ އިންތިހާބު ވަގަށް ނެގީކީ ނޫން. އެ އިންތިހާބުގަ ޔާމީނު ވެރިކަމަށް އަތުވެދާނެ ކަމަށް ބިރުން އަދީބު އާއި ފާތުމައާއި ދެމީހުން ޕީޕިއެމް ފަޅާލާ ޕީޕީއެމް ހިންގުނަނުދީ މެޑަމް ކެމްޕޭުނު ހަދައިގެން ޔާމީނު ފެއިލް ކޮށްލީ.

  6. އެކޮއި

    ހުރިހާ ބޭފުޅުން ވަރައް ވިސްނާތި އިބުރާހިން
    މިނިންތިކާބު ވަގައް ދަމައިގަންނަން ވަަރަށް މަސަތްކަތް އެބަކުރޭ އެކަމަށް ހުރިހާ ބޭފުޅުލުން