އިންޑިއާގެ އެކްޓާނަލް މިނިސްޓަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީއަކީ ދޮގެއް ކަމަށް އިންޑިއާއިން ބުނެފި
އިންޑިއާގެ އެކްޓާނަލް މިނިސްޓަރު ޖައި ޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓްރ އަބްދުالله ޝާހިދަށް ފޮނުވި ކަމަށް ބުނާ ސިޓީއަކީ ދޮގެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.
15 ޖުލައިގައި ފޮނުވި ކަމަށް ބުނާ މި ސިޓީގައި ބުނެފައިވަނީ ތަމްރީނާއި ކުރިއެރުމާއި އެހީތެރިކަން އެމްއެންޑީއެފްއަށް ފޯރުކޮށްދީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އިންޑިއާއަށް ހދ.ހަނިމާދޫއާއި އައްޑޫ ސިޓީ ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން މަދުވެގެން 15 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރަންވާނެ ކަމަށެވެ. އެތަންތަން އެ ސިޓީގައި ސިފަކޮށްފައިވަނީ އިންޑިއާގެ ސިޔާދަތީ ސަރަހައްދުގެ ގޮތުގައެވެ.
އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ އެންބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, އިންޑިއާގެ ފޮރިން މިނިސްޓަރު ޖައި ޝަންކަރު އަދި އިންޑިއާގެ ސަރުކާރުގެ ނަމުގައި ދައުރުކުރަމުންދާ ސިޓީއަކީ ސައްހަ ނޫން ސިޓީއެއް ކަމަށާއި, އެކަން އިންޑިއާއިން ކުށްވެރި ކުރާ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރަމުން އަންނަ މީޑިއާތަކާމެދު ފިޔަވަޅު އެޅުމަށް ބްރޯޑްކޮމް އަށާއި އެމްއެމްސީއަށް ވަނީ ގޮވާލާފައެވެ.
އެ ސިޓީއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި ވިދާޅުވެފައިވަނީ, އެ ސިޓީއަކީ ފޭކް ސިޓީއެއް ކަމަށާއި, އޭގައިވަނީ ދޮގު މައުލޫމާތު ކަމަށެވެ. އަދި އެފަދަ ވާހަކަތައް ނުފަތުރުމަަށާއި, ނޫސްވެރިކަން ކުރުމުގައި ދޮގު މައުލޫމާތު ނުފެތުރުމަށް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.
ކިރިޔާވެސް ދޮގެއް ހެދެއް އޮއްވަކާ ތިޔަބާމީހުން ނަހަދާނެތެދެއް