ޚަބަރު

ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލެ ބޭރުން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

Ads by Hajj Corporation

އެމްއެންޑީއެފުން ވިދާޅުވީ ހުޅުމާލޭ ބަނދަރު ކައިރިން ދެ ސްޕީޑް ބޯޓެއް ޖެހި ހިނގި އެކްސިޑެންޓެއްގެ ރިޕޯޓް މިރޭ 20:09 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން އެއް ސްޕީޑް ބޯޓަކީ ޖޯއި އައިލެންޑުން އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ކަމަށާއި އެބޯޓުގައި 13 ގެސްޓުންނާއި 3 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އަނެއް ލޯންޗަކީ ލިއޯ ޓްރޭޑިންއަށް ނިސްބަތްވާ ލޯންޗެއް ކަމަށާއި ދަތުރުކުރަމުން ދިޔައީ އެ ބޯޓުގެ 8 މުވައްޒަފަކާއި 2 ފަޅުވެރިންނާއެކު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ލޯންޗުގައި ތިބި ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި، ހުޅުމާލޭ ހޮސްޕިޓަލް އީއާރަށް ގެންގޮސްފައިވާ ކަމަށާއި އެކަކުގެ ހާލު ސީރިއަސް ކަމަށެވެ.

Ads by Ooredoo
  1. ަޚ ކައްޕިއެތް

    ޙުަލުމާލެ މާލެ އަދި އެއާރޕޯޓް ދަތުރު ކުރާ ރޫޓްގަ ގިނަ އަދަދަކަށް ސަފާރީ އަޅާ ދިއްލާފައޮންނީ ސަފާރީތަކުތެރެއިން އިންއަންނަ ލޯންޗުދޯނީ ނުފެނޭ މިކަހަލަ ކަންކަން ބަލާނެ ބަޔަކު މިގައުނުގަނެތް