ފައިސާ ބަހަން އުޅުނު ލޯންޗަކަށް ހުރަސް އެޅެމުން, މެންބަރު ތޯރިޤް ރަހީނުކޮށްފި: ޕީޕީއެމް

ފައިސާ ބަހަން އުޅުނު ލޯންޗަކަށް ހުރަސް އެޅާ, އެ ލޯންޗަށް އެރުމުން, މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤާއެކު އިތުރު ބަޔަކު ގޮވައިގެން ލޯންޗް ފުރައިގެން ކަނޑުމައްޗަށް ގޮސްފައިވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
"ލޯންޗަކުން މަހިބަދޫއަށް ބަހަން ފައިސާ ހިފައިގެން ދިޔަ ކަމަށް ބެލެވޭ ލޯންޗެއް ކައިރިކުރުމުން, އެ ލޯންޗްގެ ވާ އައމިއްލަައަށް ކަނޑާލައިގެން ލޯންޗަށް އެރި މީހުންނާއެކު މިވަގުތު ދަތުރު ކުރަމުން އެބަދޭ." ޕީޕީއެމް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.
މާދަމާގެ ވޯޓަށް ވަގުތު ކުޑަތަންވަމުންދާއިރު, އިދިކޮޅުން އަންނަނީ ސަރުކާރުން ފައިސާ ބަހާ ކަމަށް ތުހުމަތުކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ޕީޕީއެމްއިން މިހާރު ހާމަކޮށްފައިވާ ގޮތުގައި މިހާރު ލޯންޗް ވަނީ މަހިބަދޫއަށް ކައިރި ކުރަން ފަށާފައެވެ. އަދި އެރަށުގެ ފުލުހުން އެތަނަށް އެޓެންޑްވާނެކަން ވަނީ އަންގާފައެވެ.