ޚަބަރު

ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި މީހާ ޖަލުގައި ހުއްޓާ މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާފައި ހުރި ހަސަން މޫސާ ދީދީ (85 އަހަރު) މިއަދު މަރުވެއްޖެއެވެ.

Ads by Hajj Corporation

އޭނާ ހުކުމް ތަންފީޒު ކުރަމުން ދިޔައީ ހުޅުމާލޭ ޖަލުގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ހަސަން މޫސާ ދީދީ މަރުވީ އޭނާ ހަރަކާތް ނުކުރާކަން ފާހަގަކުރެވިގެން، އެމެޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިޔަ ފަހުން ކަމަށެވެ.

އޭނާ މަރުވި ކަމަށް ޑޮކްޓަރު ނިންމެވީ މިއަދު ހެނދުނު 9:55 ހާއިރު ކަމަށާއި އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ޑޮކްޓަރާ ހަވާލާދީ ކަރެކްޝަންސް އިން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!