Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދެވަނަ ބުރު އަދި އޮތީ: ޔުމްނާ

ދެވަނަ ބުރު އަދި އޮތީ: ޔުމްނާ
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އަދި އޮތީ ކަމަށާއި، ހިތްވަރު ދޫނުކުރުމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެމްޑީޕީގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ. މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ މުހައްމަދު މުއިއްޒު، ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދެވުމާއި ގުޅިގެންނެވެ. މުއިއްޒުއަށް ވޯޓުލީ މީހުންގެ 46 ޕަސެންޓް ލިބިލެއްވީއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް،  ރައީސް އިބްރާހީމް މުޙައްމަދު  ސާލިހަށް ލިބިވަޑައިގެންނެވީ 85،000 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.

ޔުމްނާ ވިދާޅުވީ ދެވަނަ ބުރު އަދި އޮތީ ކަމަށާއި ހިތްވަރު ދޫކޮށްނުލުމަށް އެދޭ ކަމަށެވެ.

އަދި އުފާވެރިއަމާން ރާއްޖެއެއް ހޯދުމުގެ މަސައްކަތައިގެން ކުރިއަށްދާންވީ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް