ރާއްޖޭއަށް ބޭނުންވާ ތަރައްޤީ، ތަފާތުކުރުމެއް ނެތި ގެނެވިދާނެކަން ރައީސް ޞާލިޙް ޢަމަލީ ގޮތުން ދައްކައިދީފި: ޔުމްނާ

ރާއްޖޭއަށް ބޭނުންވާ ތަރައްޤީ، ތަފާތުކުރުމެއް ނެތި ގެނެވިދާނެކަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢަމަލީ ގޮތުން ދައްކައިދީފި ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭއަށް ބޭނުންވާ އިޖުތިމާޢީ އިޤްތިސާދީ ތަރައްޤީ، ތަފާތުކުރުމެއް ނެތި، ގެނެވިދާނެކަން ރައީސް ޞާލިޙް ޢަމަލީ ގޮތުން ދައްކާފައުވާ ކަމަށެވެ.
" ކޮވިޑް ޕެންޑެމިކް ފަދަ ބޮޑު ޢާލަމީ ކާރިސާއެއްގައި އެ މަނިކުފާނު ވަނީ ލީޑަރޝިޕް ދައްކަވައި އަމާން ބަނދަރަކަށް ރާއްޖެ ގެންގޮސްދެއްވާފަ" ޔުމްނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙަށް ތާއީދުކުރައްވަން ނިންމާފައިވާކަން ޔުމްނާ ހާމަކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަަނަ ދުވަހުއެވެ.
ރައީސް ޞާލިޙަށް ތާއީދުކުރައްވާކަން އިއުލާނުކުރައްވަމުން ޔުމްނާ އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަކީ މުހިންމު ކަމެއްކަމަށާއި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިޔުން މުހިންމު ކަމަށެވެ.