Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މުޢިއްޒުއަށް މަރުޙަބާ ދަންނަވައި، ޔުމްނާ ވިދާޅުވީ އޯގާތެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް

މުޢިއްޒުއަށް މަރުޙަބާ ދަންނަވައި، ޔުމްނާ ވިދާޅުވީ އޯގާތެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު އޯގާތެރި ވެރިކަމެއް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) އަށް މަރުހަބާ ވިދާޅުވެ ޔުމްނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އުއްމީދަކީ އަނިޔާވެރި ނޫން, އޯގާތެރި ވެރިކަމެއް ކުރެއްވުން ކަމަށެވެ.
”އަނިޔާވެރި ނޫން، އޯގާތެރި، އަދުލުވެރި ވެރިކަމެއް ކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.“ އެކަމަނާ ވިދާޅުވިއެވެ.
ިޔުމްނާ މިފަދައިން ވިދާޅުވިއިރު، ޕީޕީއެމް/ޕީއެންސީގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމަކަށް ވެގެންދާނެ ކަމަށް އެމްޑީޕީން ދިޔައީ ބުނަމުންނެވެ. ނަމަވެސް އިންތިޚާބީ ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، އެމަނިކުފާނު އަނިޔާވެރި ނުވާނެ ކަމަށާއި، ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތް ވިޔަސް، އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް