ޚަބަރު ސިޔާސީ

އިއްޔެގެ ނިންމުމަކީ ޤައުމުން ފެންނަ ނާމާންކަމާއި ބިރުވެރިކަން ނިމުމަކަށް ގެނައުމަށް ދިވެހިން ނިންމި ނިންމުމެއް: މުޢިއްޒު 

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގައި އިއްޔެ ރައްޔިތުން ނިންމި ނިންމުމަކީ ޤައުމުން ފެންނަ ނާމާންކަމާއި ބިރުވެރިކަން ނިމުމަކަށް ގެނައުމަށް ދިވެހިން ނިންމި ނިންމުމެއް ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރިޔާސީ އިންތިހާބު ކާމިޔާބުވުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދިޔަ "ޝުކުރިއްޔާ ރައްޔިތުން" އެއްވުމުގައި ވާހަކަދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ، މިޤައުމުގެ ކަންކަމުގެ ތެރެއަށް އެހެން ބަޔަކު ވަދެ ބަސްބުނެ, ގޮތް ނިންމާ ހިސާބަށް ދިޔުމުން "ނޫނެކޭ ތިމަންނަމެންނަކީ ދިވެހިންނޭ، ތިމަންނަމެންގެ ޤައުމުގެ ކަންކަން ނިންމާނީ ތިމަންނަމެންނޭ ބުނެ ނިންމަންޖެހޭ" ކަމަށެވެ.

އަދި އެކަން އިއްޔެ ބޭއްވި އިންތިހާބުން ވަރަށް ސާފުކޮށް ފެނިގެންގޮސްފައިވާ ކަމަށާއި އެއީ ބިރުވެރިކަން ނިމުމަކަށް ގެނައުމަށް ދިވެހިން ނިންމި ނިންމުމެއްކަމަށް ޤަބޫލުކުރައްވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އެހެންވީމާ ގޮވައިލަން އިއްޔެގެ އިންތިޚާބުގައި ވާދަކުރެއްވި އެހެން ސިޔާސީ ޕާޓީތަކާއި އެހެން ސިޔާސީ ލީޑަރުންނަށް އަޅުގަނޑުމެންނާއެކީ ވަޑައިގަތުމަށް" މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވަނީ ރިޔާސީ ކެމްޕޭންގެ ދެވަނަ ބުރުގައި އޭނާގެ ކެމްޕޭނާ ގުޅުމަށް ވާދަވެރި ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ދައުވަތު ދެއްވާފައެވެ.

""އަޅުގަނޑު މިދިއްކޮށްލީ ރަހްމަތްތެރިކަމުގެ އަތެއް. ގައުމު ދެކެ ލޯބިވާ ކޮންމެ މީހަކު ކޮންމެ ޕާޓީއެއް އަޅުގަނޑުމެންނާ އެކު ވަޑައިގަންނަވާ،" މުއިއްޒު ވިދާޅުވިއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!