ޚަބަރު

މާދަމާ މުއިއްޒު އ.އ އަދި އ.ދ އަތޮޅަށް ވަޑައިގަންނަވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މާދަމާ އަރި އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު މުޙައްމަދު ޠަލާލް، މިކަން ހާމަކުރައްވައި މިއަދު ވިދާޅުވީ، މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުޙައްމަދު ލަތީފު ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މާދަމާ މުއިއްޒު އއ. އަދި އދ.ގެ އަތޮޅުތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުތަކުގައި އެތަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވަވާނެއެވެ.

ހުސެއިން މުހައްމަދު ލަތީފް މާދަމާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ގދ.އަތޮޅުގެ ރަށްތަށެކެވެ.

އެގޮތުން ގދ. ވާދޫ އަދި ފަރެސް މާތޮޑާއަށް ވަޑައިގަންނަވާނެއެވެ. ރިޔާސީ ކެމްޕެއިނުގައި މުއިއްޒު މިއަދު ވަނީ މާލޭގައި ދޮރުން ދޮރަށް ހިންގަވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!