ޚަބަރު ރައްޔިތުންގެ މަޖިލިސް

ސަރުކާރު ޖަވާބުދާރީ ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް: ރައީސް ނަޝީދު 

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރު ޖަވާބުދާރީ ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

Ads by STELCO

މިއަދު ފާހަގަކުރަމުން މިދާ ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަހާއި ގުޅޭގޮތުން ރައީސް ނަޝީދު ދެއްވި ވީޑިއޯ މެސެޖެއްގައި ބުނީ ޑިމޮކްރެޓިކް ނިޒާމް ހިފެހެއްޓުމަށްޓަކައި ކުރަން ޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން އިންތިހާބުތަކަކީ މިނިވަން, ދެފުށް ފެންނަ ގޮތަށް ބޭއްވޭ އިންތިހާބުތަކަށް ވާންޖެހޭ ކަމަށާއި ސަރުކާރުގެ ވަސީލަތްތައް އިންތިހާބުގެ ބޭނުންތަކަށް ބޭނުން ނުކުރުމާއި ސަރުކާރުގެ ނުފޫޒު ވެސް އިންތިހާބު ތެރޭގައި ބޭނުންކޮށްގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން ހިންގާ އެކި ކަހަލަ ޕްރިޖެކްޓުތަކަކީ ވެސް އިންތިހާބާއި ދިމާކޮށް ހިނގާ ޕްރޮޖެކްޓުތަކަކަށް ވެގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އިންސާފުވެރި އިންތިހާބެއް ބާއްވަން ޖެހޭ ކަމަށާއި ޑިމޮކްރެޓިކް އުސޫލުތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަން ހުއްޓިފަ އޮތީ ހަމައެކަނި މަޖިލީހުން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެކަން ހުއްޓިފަ އޮތީ ހަމައެކަނި މަޖިލީހަކުން ނޫން. މީޑިއާއިން ވެސް. މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ މިނިވަންކަމާއި އެއީ ޑިމޮކްރަސީއަށް ކޮންމެހެން ބޭނުން ކަމެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަޒުމް ކަނޑައަޅަން ވީ ކުރިޔަށްއޮތް ދުވަސްތަކުގައި މިކަކަން ރަނގަޅުކުރުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!