ދީން

މީހުންގެ ސިއްރުތައް ބޭޒާރުކޮށް, އަބުރު ނަގާލުމަކީ އިސްލާމް ދީން ހަރާމް ކުރައްވާފައިވާ ކަމެއް:  ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މީހުންގެ ސިއްރުތައް ބޭޒާރުކޮށް, އަބުރު ނަގާލުމަކީ އިސްލާމް ދީން ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by Sosun Fihaara

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއުއަކީ" ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުރުމުގެ ނުބައިކަން" މިއެވެ.

ޚުތުބާގައި ބުނެފައިވަނީ ގޮތު ހަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމަކީ މީސްތަކުންނަށް ހައްޤު އޮޅުވާލާނެ ކަމެއް ކަމަށެވެ. އަދި އެކަމަކީ މީސްތަކުން ހަމަމަގުން އެއްކިބާ ކޮށްލާނެ އަމަލެއް ކަމަށާއި އެ ނުބައިކަން މީހުން މެރުމަށް ވުރެ ނުބައި ކަމަށް ހުތުބާގައި ބުންޏެވެ.

އަދި މުޖަތަމައު ފަސާދަކޮށް ރަނގަޅު މަގަށް ހުރަސް އެޅުމަށް މަސައްކަތް ކުރާ މީހުން ބޭނުންކުރާ އެންމެ ނުރައްކާތެރި ވަސީލަތަކީ ދޮތު ވާހަކަތަކާއި ދޮގު ހަބަރުތައް ފެތުރުން ކަމަށާއި މުޖަތަމަޢު ތެރޭގައި ފެތުރޭ ވާހަކަތަކުގެ ތެދު ދޮގު ނުބަލާ އެ ވާހަކަތައް ގަބޫލު ކުރުމަކީ ފަރުދުންނާށާއި ޖަމާޢަތަށް ބޮޑެތި ގެއްލުނަތަކެއް ވާނެ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

Ads by HDC
  1. ެއަހްމަދް ރަސީދު

    މިހާރު އިސްލާމް ދީނަށް ވެރިކަން ރާއްޖޭގައި ކުރަން އިބޫ ބޭނުމެއް ނުވޭ. ދީނަށް އައްދާރު ވެފައި.