ޚަބަރު

ހުސް ވައުދެއް ނުވާނަން, ވާނީ ކުރެވޭނެ ވަރުގެ ވައުދު: ޑރ. މުއިއްޒު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުސް ވައުދު ވެވަޑައިގަންނަވާ ބޭފުޅަކަށް ނުވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހަވީރު ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު ގެދޮރުވެރިކަން ޔަގީންކޮށްދެއްވާނެ ކަމަށާއި އެކަން ކުރާނީ އިގްތިސާދަށް ގެންނަންޖެހޭ ބުންވަރު ގެނެސްގެން ހަރަދުތައް ދެކޮޅު ޖައްސައިގެން ކަމަށެވެ.

"މި ހުރިހާ މެކޭނިޒަމެއްގެ ތެރެއިން ހަމަ ސައިންޓިފިކަލީ، ޓެކްނިކަލީ އެކަން ކުރަން އޮންނަ ގޮތަށް ޕްރޮފެޝަނަލީކޮށްގެން ކުރާނެ ވާހަކަ މި ދަންނަވަނީ. ހުސް ވައުދެއް ނުވާނަން އަޅުގަނޑެއް އިނގޭތޯ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިއްޔެ 11 ރަށަކަށް ވަޑައިގެންނެވުނު ކަމަށާއި މާޔޫސްކަމުގައި ތިބި ރައްޔިތުން ވަރަށް ބޮޑަށް އޭނާ އަށް ތަރުހީބު ދެމުންދާތަން ފެންނަމުންދާ ކަމަށެވެ. އެފަދަ ތަރުހީބެއް ދެމުން އަންނަނީ ޕީޕީއެމް-ޕީއެންސީގެ ކިބައިން އުއްމީދެއް ފެންނާތީ ކަމަށާއި ރައްޔިތުން ދެވަނަ ބުރުގައި ވޯޓުލާން ވާނީ މި ފަސް އަހަރުތެރޭ ލިބުނު ފިޅާވަޅުތަކަށް ބެލުމަށްފަހު ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން މުއިއްޒު ވަނީ ރައްޔިތުންނަކީ ގައުމު ދެކެ ލޯބިވާ ބައެއް ކަމަށާއި ވެރިކަން ލިބިއްޖެނަމަ މިނިވަންކަން ޔަގީންކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.

Ads by Ooredoo
  1. ކުރަނޑި

    އެކަމްތިޔަވަނީ ހަމަހުސްވައުދު

  2. ަަްްއރ15

    އެކަމު ކޮބާހޭލާރި ތިހުރިހާކަމެއްކުރަން، މީނަ ޕްރިންޓްތަ ކުރަނީ؟ ދެންކީކެ މިކީ ގައުމު ދަރަނިވެރިޔޭ. ދެފަހަރު އެކައްޗެއްނުކިޔާ މިކަލޭގެވެސް