ޚަބަރު ސިޔާސީ

ޕީޕީއެމާއެކު ކުރިއަށް ނުދެވި އޮތް ސަބަބަކީ ލިޔުމެއްގައި ސޮއިކުރަން ދެކޮޅު ހަދާތީ: ޑިމޮކްރެޓްސް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިދިކޮޅި ޕީޕީއެމް/ ޕީއެންސީއާއެކު ކުރިއަށް ނުދެވި އޮތް ސަބަބަކީ ރަސްމީކޮށް ލިޔުމެއްގައި ސޮއިކުރަން ދެކޮޅު ހަދާތީ ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ޕާސަން ހަސަން ލަތީފް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަކީ ޑިމޮކްރެޓްސްގެ ހުށަހެޅުން ކަމަށެވެ.

ޕީޕީއެމާ އެކީގައި އިތުރަށް ވާހަކަދައްކަން ދަތިވެފައި ތިބޭ ސަބަބަކީ އެއްވެސް ލިޔުމެއްގައި ސޮއިކޮށްގެން ވާހަކަ ދައްކަން އެބޭފުޅުން ބޭނުންނުވާތީ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

”ދަތިތައް އެބަހުރި ޕީޕީއެމާއި އަޅުގަނޑުމެންނާއެކީގައި މަޝްވަރާކުރުމުގައި،" އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއި، ޕީޕީއެމް/ޕީއެންސީއަށްވެސް ޑިމޮކްރެޓްސް އިން ހުށަހަޅާފައިވަނީ ނިޒާމީ ވޯޓު ނެގުމުގެ ހުށަހެޅުމެވެ.

މިކަމާއި ގުޅިގެން މިއަދު ހެނދުނު އިލްޔާސްގެ ރަނިން މޭޓް ހުސެއިން އަމްރު ކުރި ޓުވީޓުގައި ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ކުރެވޭނީ އެގޮތަށް މަސައްކަތް ކުރެވޭ ނިޒާމެއް އޮވެގެން ކަމަށެވެ. އެ ކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގޭ ނިޒާމަކުން ކަމަށާއި އެކަން މިދިޔަ ތިން ދައުރުން ވެސް ސާފުވާ ކަމަށް އަމްރު ވިދާޅުވިއެވެ.

Ads by HDC
  1. ކިންގް މޭކަރ އަކަށް ވާނީ އެމް ޑީ ޕީއަށް. ޕީޕީ އެމް އަށް ތިޔައީ މުހިންމު ބައެއްނޫން. އެހާބޮޑަށް ސައިޒުދައްކަން އުޅޭމެކަމެއްނެތް. އެމް ޑީ ޕީ ރޫޅާލެވިއްޖެ، ހަމަ އެއާއިއެކު އަމިއްލައަށްވެސް ރޫޅެވުނީތި. ތިޔަ ބޭފުޅުންނަށް ސިޔާސީ ހަޔާތް ހަނިވީ.

  2. އަހުމަދު

    މާ މުހިން ބައިގަނޑެއްނޫން ތީކީ

  3. ދޮށީބޭ

    ބޭޗޭނުނަޒަރް ބޭތާބްޖިގަރް…މިމުހިއްމު ޚައްސާސީ ދަނޑިވަޅުގަ ބޭކާރުކަންކަމުގެތެރެއަށް ޕީޕީ-އެންސީ ނުވައްދާ! އަބަދުވެސް މޮޔަގެރިދުއްވަމުން،ޤައުމުޚަރާބުކުރުން އެމްޑީޕީން ބިންދައިގެންދިޔަ ގޮފިގަނޑުންކުރާކަމަކީ! ވާގޮތްބަލަން މައިތިރިވެގެން ތިބެބަލަ..

  4. ކައިދާ

    ލިޔުމެއްގަ ސޮއިކުރުމެއް ނޫނެއްނު ކޮޔާ ތިޔަ ކިޔަނީ ދެވަނަ ބުރުގެ ކުރިން ވެރި ކަން ހިންގާ ނިޒާމް ބަދަލުކުރުމަށް ވޯޓު ނަގާ ވާހަކަ. ބަރުލަމާނީ އާ އަބަދުވެސް ޕީޕީއެމް ދެކޮޅު ނޫންބާ ކަލޭމެން ނިޒާމައި ގެން ތެޅިތެޅި ތިބޭ ކަލޭމެނާ ނުލާ އިންތިޚާބް ނިންމާ އިބޫ ނޫނީ މުއިއްޒު ރައީސްކަމުގެ ހުވާ ކުރާނެ.ތިޔަ ޑިމޮކް ރެޓްސްގެ ބޭނުމެއް ނޯންނާނެ. 15000ވޯޓު ލިބުނީމަ ވަރަށް އެއްޗެއް ހިތަށް އަރައިގެން މިއުޅެނީ. މަހިތުން ހިނދުކޮޅުގަ ތިއްބާ ތޯއްޗެ ވޯޓުގެ ނަތީޖާ އިޢުލާން ކުރީ އެހެންވެ ފަނަރަހާހުގެ ބަދަލުގަ މާބޮޑު އަދަދެއް ފެނިގެން މި އުޅެނީ

  5. ލަތީފު

    ކނޑކހނ ދެންދުވަހަކުވެސް ވެރިކަމުގެވަސްވެސް ނުފެންނާނެ ދެން ލަލާ

  6. އަޑިކޮންނަ

    ތިބުނާ ލިޔުމުގަ ސޮއިކުރާނެ ބަޔަކު ނުވާނެ. ތިބުނާ ނިޒާމަށް ދާކަށް ދިވެހިންބޭނުމެއްވެސް ނުވޭ. ތިކަމަށް އަދި ނަގާނެ އަހަރުތަކެއް. ހަސަނުމެން ނިމިދާފަހުންކަމަށް ބޮޑަށް ލަފާ ކުރެވެނީ ތިނިޒާމު އަންނާނެކަމަށް.

  7. އަބްދޫ

    ނަސީދު ގެ ކިބައިން ބަރުލަމާނީ މޮޔަ ފިލާނެ ގޮތެއް ދިވެހި ރައްޔިތުން ހަދަން އެބަޖެހޭ. ބަރުލަމާނީ އަކީ މިހާރު މިއޮތް ރިޔާސީ ނިޒާމަށް ވުރެ ދިވެހި ގައުމަށް ގެއްލުމާއި ހަލާކު ހުރިކަމެއް އަދި ދިވެހިގައުމުން އެ ގެއްލުންތަހައްމަލުކޮށްފަ ހުރިކަމެއް. ރާއްޖޭގަ އޮތް ރަސްކަމުގެ ނިޒާމަ ބަރުލަމާނީ ނިޒާމަކަށް ބަދަލުވެ އިގިރޭސިވިލާތުގަ މިހާރު މިއޮންނަ ފަދަ ރަސްކަލަކު ހުރެފަ ސަރުކާރުހިންގަނ ބޮޑުވަޒީރަކު ހުންނަ ބަރުލަމާނިއަކަށް 1968 ގެ ދިޔަލަ ދިވެހިގައުމުންވަނީ ތަޖްރިބާ ކޮށްފަ.އެ ތަޖްރިބާގަ ކިޔަވްންޖެހެނީ ރަސްގެފާނާއި ބޮޑުވަޒީރުގެ އާއިލާ އެކަނި ފައިވާން ލުން ގަމީސްލުން ޓޯޗް ގެންގުޅުން ވާރޭ ކޯޓް ގެންގުޅުން ބައިސަކަލް ދުއްވުން އާންމުނަށް މަނާ. ކިޔެވުނވެސް މަނާ .ރައިށް ނާސިރު 1968 ގަ ރާއްޖޭގަ އޮންނަންފެންނަނީ ކޮންނިޒާމެއްތޯބަލަން ވޮޓްނެގީ ބަރުލަމނީގަ 2 ދައުރު ރައީސް ނާސިރު ތަޖްރިބާ ކުރައވާފަ. އެ ނިޒާމަގަ ހުރި އުނި ކަނަކަން ތަޖްރިބާ ކުރައވާފަ. ރިޔާސީ ނިޒާމަކަށް 1968 ގަ ފާސްވެ ރައީސްކަމުގަ ދަވްރެއް ފުރިހަމަ ކުރެއްވުމަށް ފަހު ދެވަނަ ދަވްރުގަ ރާއްޖެ ވަނީ ލަންކާގަ އޮންނަ ފަދަ ސެމީ ރިޔާސީ ނިޒާމެއް ތަޖްރބާކޮށްފަ. މާނަޔަކީ ހުރިހާ ބާރުތަކެއް ރައީސަށް އޮވެ. ސަރުކާރު ހިންގަން ބޮޑުވަޒީރަކު ހުރެ ގައުމު ހިންގުމުގެ ތަޖްރިބާ ވެސް ރައީސް ނާސިރު ވަނީކުރައވާފަ، އެ ގޮތަކީ އިސްރާފް ބޮޑު ގޮތެއކަމަށް ފެނިގެން ބޮޑުޗަޒީރެއްގެ މަގާމް އުވަލެވުނު. އޭރު ބޮޑުވަޒީރަކަށް ހުންނެވި އަލްފާސިލް އަހްމަދު ޒަކީ . މިގައުމުގަ މިދެކޭ ހުރިހާ ތަރައގީއެއް ފެށުނީ 1969 ންފެށިގެން މި އައި ރިޔާސީ ނިޒާމުގެތެރޭނެ. ބާރުގަދަ މުއްސަނދި ގައުމު ތަކެއްގެގޮތުގަ ބަރުލަމާނީން މިފެންނަ މުއްސަނދި ގައުމުތައް ކަމުގަ ކެނެރިގެ ނަސީދަށް މިފެންނަ އިންޑިޔާއާއި އިގިރޭސި ވިލާތް ތިޔަ ބަރުލަމާނީއަށް އައިއިރުވެސް މުއްސަނަދި ތަންތަން. އިގިރޭސިވިލާތަކީ ޔޫއޭއީ އާއި މެލޭސިޔާ އޮންނަފަދަ ރަސްކަންތަކެއް އެއްވެ އުފެދިފައިވާ ޔުނައިޓެޑެއް. އިގިރޭސިވިލާތުގެ ނަމަކީ ޔުނައިޓެޑް ކިންގްޑަމް. އިގިރޭސިވިލާތުގެ ޔުނައިޓެޑް އުފެދުނު އިރުވެސް އެ ހުރިހާ ރަސްކަންތަކަކީ ބޮޑެތި މުއްސަނދި ގައުމުތައް. އިގިރޭސި ވިލާތް މުއްސަނދިވީއަކީ ބަރުލަމާނީ ވެގެނެއްނޫން. އޭރުއްސުރެ އެ އޮތްގޮތަށް އިގރޭސިވިލާގުގަ ވެސް މައިސަރުކާރުގެ އިރުރަށް ސްޓޭޓް ސަރުކާރުތައް ހުރޭ. ދެންއޮތީ އިންޑިޔާ އިންޑިޔާއަކީ ގަދީމީ ޒަމާނުގަ މިހާރު މިއޮތް ކޮންމެ ލޯކަލް ގަވަންމަންޓަކީ ވަކި ރަސްކަމެއް ގެ ގޮތުގަ ވަކިވެރިކަމެއް ހިންގަމުންއައި މުއްސަނދި ތަނަތަން. މިހާރު އިންޑިޔާގަ އޮންނަ 29ލޯކަލް ސްޓޭޓް ގަވަރމެންޓް އަކީ މިހަރުވެސް ވަކި ސަރުކަރުތަކެއްގެ ގޮތުގަ ވަކި ޕާލަމެންޓާއި ވަކި އޮފިސްތަކާއި ކޯޓްތަކާއި ވަކި ގާނޫނުތަކެއްގެތެރޭން މިނިސްޓަރުންނާއި ޗީފް މިނިސްތަރަކު ހުރެގެން ހިނަގާ ވަކި ސަރުކާރުތަކެއް. އެމެރިކާއަކީ ވެސް އެތައގިނަވެރިކަންތަކެއް އެކުވެ އުފައްދަފައިވަ ގައުމެއް އެގައުމުގެ ނަމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ. އެމްރކާގެ ކޮންމެ ސްޓޭތަކީ ވަކި ސަރުކާރެއް،ޕާލަމެންޓާއި ގާނޫނާއި ކޯތްތަކާއި ވަޒީރުން ހިމެނޭ ސަރުކާރެއް އޮންނަ ތަނެއް. މިދެނިޒާމަށް ބެލިޔަސް ރާއްޖެއަކާ މި އިން އެއްވެސް ތަނަކާއި އަޅާކިޔޭކަށް ނެތް. ވީމާ ރާއްޖޭގަ އޮންނަންޖެހޭނީ ރާއްޖެއަސް ފެތެގޮތަށް ފަރުމަކުރެވޭ ގައުމަށް ތަރައގިއަންނަ ނިޒާމެއ.ް ރިޔާސީނިޒާމެއް 1968 ގަ ފެއްޓުނީ އޭރަށް ބޭނުންވާވަރުގރ ގާނޫނުއަސަސީ އެއް ފާސްކުރުމަށްފަހު. އޭފަހުނ 2008 ގަ ނިޒާމީ ވޯޓެއްނަގާ ރާއްޖެ ކުރިއަށް އައި ހިސާބަށް ބަލައި މިހާރަށް އެކަށީގެންވާ ގާނޫނުއަސަސީ އެއް ވަނީ 2008 ގަ ފާސކުރެވިފަ. ރާއްޖެ އަށް އައިސްފަ މިއޮތް ކުރިއެރުންގެނެވުނީ 1969 ންފެށިގެނ އައިސްފައޮތް ރިޔާސީ ނިޒާމްގެތެރޭނެ. ވީމާ އެބުރި ދިވެހިގައުމު ފަހަތަށް ދާކަށް ނުޖެހޭނެ. ގައުމު ތަރައގީވަނީކީ އެގައުމަށް ކިޔާ ނަމަކުންނޫން އެގައުމުގަ އޮްނަ ނިޒާމެއްގެސަނބަބކުނވެސްނޫން. ވެރިަމަށް އަންނަ ފަރާތްތަކުގެ އިހްލާސްތެރިކަން ހުރި މިންވަރަކުން. 2008 ގަ ނަސީދު ވެރިކަމަށް އައިސް ގާނޫނުއަސަސީ މުޅިން ފުނޑާލި. ނަސީދު ލިއުނު ގާނޫނުއަސަސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނަގާ އމިއްލަޔަށް ގައުމުހިންގާކަމަށް މިލިއުމުގެ ކޮޕީ ހަވީރުނޫހުންނެގިންއަދިވެސް މަގޭއަތުގަ އެބައޮތް. ބަރުލަމާނީއަކީ މިގައުމަށް އެއްވެސް މަންފައެއް ހުރި ނިޒާމެއްނޫން. ބަރުލަމާނީ ގެނައުމަށް ނަސީދު އެއުލެނީ ކޮންމެވެސް ސިއްރު އެޖެންޑާއެއް އޭގަ އޮތީމަ. 2008 ގަ ވެރިަކަމަށް އައިސް ދަރަނި 26 ބިލިއަނށް އަރުވަފަ ގައުމުގަ ހުރި ހުރިހާއެއްޗެއްހުސް ށް ހަޒާނާ ދޮވެލި މީހަކު ނިޒާމްބަދަލުކުރާ ވާހަކަ ކިޔާނީ އަޑީގަ ފޮރުވިފަ އެއްޗެއްއޮތީމަ. ދިވެހިރާއްޖެއަށް ބަރުލަމާނީ ބޭނުމެއްނުވޭ.