ޚަބަރު ސިޔާސީ

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް އާ މެދު ޙަގީގަތާ ޚިލާފު ޚަބަރުތައް ނުފެތުރުއްވުމަށް އީސީން އިލްތިމާސްކުރައްވައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރިޔާސީ އިންތިހާބު 2023 ގައި ވޯޓުލާ މީހުން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަދާފައިވާ ޕޯޓަލް އާ މެދު ޙަގީގަތާ ޚިލާފު ޚަބަރުތައް ނުފެތުރުއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީން) އިލްތިމާސްކުރައްވައިފިއެވެ.

Ads by STELCO

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ، އީސީގެ ޕޯޓަލް ހެކްކުރުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރެޖިސްޓްރީކުރުމަށް ހުޅުވާލި 2 ދުވަހުގެ މުއްދަތުގެ ފަންސަވީސް ހާހަށް ވުރެ ގިނަ މީހުން ރީ-ރެޖިސްޓްރީވުމަށް އެދިފައިވާކަމަށް އީސީއިން މަޢުލޫމާތުދިނުމާއި ގުޅިގެން އެ ފޯމުތަކުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ އިދިކޮޅު ކޯލިޝަނުންނާއި ދަ ޑިމޮކްރެޓްސްއިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ޝަކުވާތަކާއި ކަންބޮޑުވުންތަކާއި ގުޅިގެން ހަބީބު ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާ ނުބެހޭ އެއްވެސް ފަރާތަކަށް ދީފައި ނޯންނާނެކަމަށާއި އަދި ރިޔާސީ އިންތިހާބުގެ ރީ ރެޖިސްޓްރޭޝަން އޮންލައިން ޕޯޓަލް ހެކް ކުރުމަށް، ބޭރުން މަސައްކަތް ކޮށް، އެޓޭކްތަކެއް ދޭން އުޅުނަސް، އެކަން ދެނެގަނެ، ޙައްލުކުރުމުގެ ޤާބިލުކަން، އީސީގައި ގާއިމްކޮށްފައި ހުންނާނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!