ޚަބަރު ސިޔާސީ

ހުރިހާ ސޯޝަލް ހައުސިންގ ހުންނަން ވާނީ އައިފޯރާފަށުގައި, އެކަން ކޮށްދޭނަން: ޑރ. މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުރިހާ ސޯޝަލް ހައުސިންގ ހުންނަންވާނީ އައިފޯރާފަށުގައި ކަމަށާއި އެކަން ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ މާފަންނު އުތުރު ދާއިރާގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ ގެދިރުވެރިކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް ވެސް ޔަގީންކޮށްދޭނެ ކަމަށާއި އިންސާފު ގާއިމްކޮށްދިނުމަކީ އެއީ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ނަމަވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގަ ގެދޮރު ދޭއިރު ލިބިފަ ހުންނަ ތަންކޮޅުވިއްޔާ ދޫކޮށްލަން ނުޖެހޭ ގޮތަށް އެކަން ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން" މުޢިއްޒު ވިދާޅުވިއެވެެ.

މުޢިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ އެމަނިކުގެ ސަރުކާރެއްގެ 5 އަހަރު ނިމިގެންދާއިރު ކޮންމެހެން ވެސް ހުރިހާ ރައްޔިތުންނަށް ހައްލު ހޯދައިދޭނެ ކަމެއް ކަމަށާއި އެކަމާއެކު އިގްތިސާދު ހަރުދަނާ ކޮށް, ބޭނުން ޖެހިފައިވާ އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.

އަދި އިތުރު ފުރުސަތުތައް ފަހިކޮށްދީ ދަރަނި ދެއްކޭނެ ގޮތް ވެސް ހަމަޖައްސައިދޭނެ ކަމަށާއި އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

Ads by Ooredoo
  1. ދިވެހި މުސްކުޅިން

    ދިވެހި ރައްޔިތުންނޭވެއވެ. މި އިންތިޚާބުގެ ފުރަތަމަ ބުރުން ފެނުނު ހަގީގަގަތަކީ މުއިއްޒު އަށް 180000 ހާއަށްވުރެ ގިނަ މީހުން ބުނީ ނޫނެކޭ ކަން އެބަހީ އެމީހުން ވޯޓް ދިނީ އެނޫން ފަރާތްތަކަށް 2 ވަނަ ބުރުގާ ވާދަ މި ކުރަނީ ރައީސް އިބޫ އާއި މުއިއްޒު ވީމާ އެންމެން 2ވަނަ ބުރުގައި ރައީސް އިބޫ އަށް ވޯޓް ދެމާ ބަހީ ނޫނީ ގައުމުގެ ހަލަބޮލިވެ ޞުލްޙަ މަސްލަޙަތު ގެއްލި ހިގައިދާނެ ޕީޕީއެމް/ޕީއެންސީ ހިމެނޭ ވެރިކަމަކީ މި ގައުމަށް ނުރައްކާވާނެ ވެރިކަމަކަށް ވެގެންދާނެ މިއީ ގައުމު ހިންގުމުގައި ފެނި ތަޖުރިޖާ ކުރެވިފައިވާ ހަގީ ގަތެއް ހެރޮ ވެރިކަމެއް ލިބިފަ އޮތުމަޖީ ބޮޑު ވެގެންވާ ނިޢުމަތެއް ﷲ ދެއްވާ ނިޢުމަތްތަކަށް ފުރަގަސް ނުދޭ