ޚަބަރު އިޖުތިމާޢީ ސަރުކާރު

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް ފަށައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ހުޅުމާލެ ފޭސް 3ގެ ބިންހިއްކުމުގެ މަޝްރޫޢު މިއަދު ރަސްމީކޮށް ފަށައިފިއެވެ.

Ads by MWSC

މިކަން ހާމަކޮށް އާބަންކޯ އިން ބުނީ މި މަޝްރޫއަކި މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަފާތު ތަރައްޤީގެ މަޝްރޫޢުތަކުގެ ބައެއް ކަމަށެވެ.

އެގޮތުން ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ފަށާފައިވާއިރު މި މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުންނެއް އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫޢުއެއް ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގައި މިހާރު  ތަރައްޤީ ކުރަމުންދާ އެހެން ފިޔަވަހި ތަކެކޭ އެއްފަދައިން ތިންވަނަ ފިޔަވަހީގައިވެސް ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް އެންމެ އަދާހަމަ ބީދައަކުން ތަރައްޤީ ކުރާނެ ކަމަށެވެ.

މިގޮތުން މަގުތަކާއި ބްރިޖްގެ އިތުރުން ހިތްގައިމު ޕާރކްތައްހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ  ހަރަކާތްތަކަށްވެސް ގިނަ ފުރުސަތުތަކެއް ފަހިކޮށްދޭނެ ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

އާބަންކޯ އިން ބުނީ ހުޅުމާލެ ފޭސް 3 ގެ އިތުރުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރު ފަޅުގެ ތަފާތު މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި މި މަޝްރޫޢުތަކަކީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން، މި ސަރަހައްދުގައި ސިނާއީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ދިމާވާ ދަތިތަކަށްވެސް އެތައް ހައްލެއް ލިބިގެންދާނެ މަޝްރޫޢުތަކެއް ކަމަށެވެ.

މީގެ އިތުރުން އާބަންކޯ އިން ބުނީ މި މަޝްރޫޢުތަކަކީ މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މާލޭ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!