ޚަބަރު ސިޔާސީ

ޖިހާދުއާއެކު ޖޭޕީގެ ބައެއް ބޭފުޅުންގެ ތާއީދު މުއިއްޒުއަށް

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: މީޑިއާ

ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގައި ހުންނެވި އަބްދުﷲ ޖިހާދާ އެކު އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް، ޕީޕީއެމް/ޕީއެންސީއާއި ގުޅިވަޑައިގެން ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް މިރޭ ތާއީދުކުރައްވައިފި އެވެ.

Ads by MWSC

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ގިރާވަރު ކޮމިޓީއާއެކު މިރޭ ބޭއްވި ޖަލްސާއެއްގައި ޑރ. ޖިހާދުގެ އިތުރުން ޖޭޕީގެ ގިނަ މެންބަރުންތަކެއް ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި އިރު އެބޭފުޅުންގެ އިތުރުންވެސް އެހެން ބޭފުޅުންތަކެއްވެސް ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ.

ޑރ. ޖިހާދުއާއެކު ޕީޕީއެމަށް މިރޭ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމާއި ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދާއި މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީ ކަމާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރެއްވި ހަސަން މުޣުނީ އަދި ފިލްމީ ތަރި ރިޝްފާ ވެސް ހިމެނެއެވެ.

މިބޭފުޅުންގެ އިތުރުން ދެން ޕީޕީއެމްއާއި ގުޅިވަޑައިގަތީ، ޑރ.އައިޝަތު ނާޒް، ޖޭޕީގެ ކައުންސިލް މެންބަރ މުހައްމަދު ނާޒިލް، ޖޭޕީގެ ޒުވާނުންގެ ލީގުގެ ރައީސްގެ މަޤާމުގައި ހުންނެވި ކުރީގެ މެންބަރ ޔާމިން ރަޝީދު، ޖޭޕީގެ ކައުންސިލް މެންބަރ އަލްއުސްތާޒު އަލީ އިބްރާހިމް، އަލްފާޟިލް އަދީލް އަލީ، އަލްފާޟިލް މުޙައްމަދު ޝާހިދު، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ބީޖީ ސަނީ އަދި ވިޔަފާރިވެރިޔާ އަބްދުﷲ މާޖިދެވެ.

ޖޭޕީގެ ބައެއް ބޭފުޅުން ޕީޕީއެމަށް ސޮއިކޮށްފައިވާއިރު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޤާސިމްގެ ރަނިން މޭޓް އަމީން އިބްރާހީމާއި ޖޭޕީގެ އިސް ބައެއް ބޭފުޅުން މިރޭ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ހަމައެއާއެކު، މިދިޔަ ބުރާސްފަތި ދުވަހު ޤާސިމުގެ ސްޕެޝަލް އެންވޯއި އިލްހާމް އަޙުމަދު ވެސް ވަނީ ރައީސް ޞާލިޙުއަށް ތާއީދުކުރައްވަން ނިންމަވާފައެވެ. އަދި ޖޭޕީގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖޭޕީ އިން ނިންމި ނަމަވެސް އެ ޕާޓީގެ އާންމު މެމްބަރުންނަށް ބޭނުން ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ހައްގު އޮންނާނެ ކަމަށް، ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ބަލާތި

    ގާސިމް ހީނުކުރާތި ގާސިމް ސަން އައިލެންޑް ގައި ކުރި ޖަލްސާގެ ޔައުމިއްޔާ މަމެންނަށް ނޭގޭ ކަމަށް ގާސިމް ކުރި ސަައްލާގެ ހުރިހާ ބައިތައް އެބަހުއްޓޭ މަމެން އަތުގަައި ގާސިމް މަހަށް ދާން ޖެހޭނީ އުމަރު ނަސީރާއި ގާސިމް އަޑިން ގުޅިގެން ވަކި ކޮޅަކަށް ތާއީދު ނުކުރާނޭ ކަމަށް ބުނެ އަޑިން ތިޔާ ރާވާ ރޭވުމުގެ ކަންކަން މަމެންނަށް އިނގެއޭ ރަނގަޅަށް ގާސިމް އާއި އުމަރު ޖެހޭނީ މަހަށް ދާން ޕީޕީއެމް ވެސް ނުފުނޑޭނެ އަދި ޑިމޮކްރެޓޭ މެން ވެސް ނުފުނޑޭނެ ފުނޑޭނީ ތަމެންނޭ

  2. ހިފާށޭ

    ޕީޕީއެމް އިން މިކުރާ މިނިވަން ކަން އަނބުރާ ހޯދުމުގެ ޖިހާދުގައި އެމްޑީޕީ މެމްބަރުން ވެސް ފައިސާ އާއި އަދި ވަޒީފާގެ މަސްތުގައި ނުޖެހި ވިސްނުންތެރިކަން އިސްކޮށްގެން އައިސް ގުޅޭށޭ މިނިވަންކަމުގެ ޖިހާދު ކުރާ ކަޅުއޮށް ފުންމީގެ ފަޅުވެރިންނާއި އަދި ކަޅު އޮށްފުންމީގެ ފަޅުވެރިއަކަށް ވާން ލިބޭ ފުރުސަތު ދޫކޮށްނުލާށޭ ހެޔޮނުވާނެއޭ މަމެން ހުރިހާ ދިވެހިން މިިނިވަން ކަމުގެ އުފާ ޖުމްހޫރީ މައިދާނުގައި ފާހަގަ ކުރާނީ އެކުގައޭ ހުރިހާ ސިފައިންނާއި ފުލުހުން ވިސްނާށޭ އަދި ބައިވެރިވާށޭ މަމެން ޕިންކީން ނާއި އެކު ގައުމުގެ މިިނިވަން ކަން ހޯދަން ކުރާ ޖިހާދުގައި ބައިވެރިވާށޭ އިންޑިއާ ވަގު އެމްބަސޭ އަތް ދަށުން މިވަތަންގެ މިނިވަން ކަން އަތުލާން މަމެން ޕިންކީން އަތުގައި ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ ހިފާށޭ

  3. އަރާށޭ

    ޕީޕީއެމް ގޯއްޗަށް ވަތަންގެ މިނިވަން ކަން އަލުން އަނބުރާ ހޯދަން ޖޭޕީގައި ތިބި މެމްބަރުންނާއި އަދި އުމަރު ނަސީރު ގާތު ތިބި އެންމެން އައިސް ގުޅޭށޭ ގުޅޭށޭ ގުޅޭށޭ މަމެން މިކުރާ މިިނިވަންކަމުގެ ޖިހާދުގައި ބައިވެރިވާށޭ ހެޔޮނުވާނެއޭ އަނދިރި އަނދިރިންގެ އޮޑީގައި ނުތިބޭށޭ އެއީ ހަނަފަސްކަމާއި ތަދުމަޑު ކަމުގެ 100 އަހަރުގެ ތެރެއަށް މިވަތަން ގެންދާން ވެގެންނޭ އަނދިރި އަނދިރިންގެ ގާފިލާ އިން އެއުޅެނީ ހެޔޮނުވާނެއޭ މަމެން މިނިވަން ކަން ހޯދާ ކަޅުއޮށްފުންމިއަށް އަރާށޭ އުމަރު ނަސީރާއި ޖޭޕީ އާއި އަދި ފާރިޝް އަށް ވޯޓް ދިން ހުރިހާ މީހުން ވެސް އަރާށޭ ކަޅު އޮށް ފުންމިއަށް އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ އަނދިރި އަނދިރިންގެ ދަރި ކަމަށްވާ އިބޫ ދޫކޮށްލާށޭ އެއީ ހަރާމްކޯރު ބަތާހަރާމީ ގައްދާރެކޭ

  4. ޗޭންޖްއިޓް

    އޮކްޓޯބަރު އެއް ވަނަ ދުވަހު އަލިވިލޭނީ މިނިވަން ރާއްޖެއަކަށް ވާނެ ކަމަށް މުއިއްޒު ބުނުން އެއީ ދިވެހި ވަތަންގެ މިނިވަން ކަން ދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިއަކު ވެސް މަމެން ޕިންކީން ނާއި އެކު މިނިވަން ކަން އަލުން އަނބުރާ ހޯދަން ކަޅުއޮށް ފުންމިއަށް އަރާނެއޭ މިނިވަން ކަން އަލުން ހޯދަން ހުރިހާ ކުދިން ވެސް އަރާށޭ މަމެން ޕިންކީންގެ ކަޅުއޮށް ފުންމިއަށް ޗޭންޖް އިޓް އީވެން ވެލް އިނަފް ޗޭންޖް އިޓް ދިސް އިޒް އޮންލީ ގެޓިންގް ނޯން ޓު އަސް….