ޚަބަރު

51 އިންސައްތައަށް އިތުރުވާ ކޮންމެ ވޯޓަކީ، ބޭރުގެ ސިފައިން ބޭލުމަށް އެޅޭ ބާރެއް: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި މަހުގެ 30 ވަނަ ދުވަހު ނަގާ ރިޔާސީ އިންތިޚާބުގެ ވޯޓުގައި، 51 އިންސައްތައަށް އިތުރުވާ ކޮންމެ ވޯޓަކީ، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެޅޭނެ ބާރެއް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ މާލޭގައި ގިރާވަރު ކޮމިޓީއާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.

ރޭ ދެއްކެވި ވާހަކައިގައި ، މާލެ ސިޓީގެ މޭޔަރުގެ މަޤާމުގައި ހުންނެވި މުޢިއްޒު ވަނީ، އިންޑިއާ ސިފައިން ބޭލުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"51 ޕަސެންޓަށް އިތުރުވާ ކޮންމެ ވޯޓަކީ އިންޑިޔާ ސިފައިން މިތަނުން ބޭލުމަށް އެޅޭނެ ބާރެއް." އެމަނިކުފާނު ވިދާޅުވިއެވެ.

މުޢިއްޒު ވަނީ، މި މަހުގެ 30 ވަނަ ދުވަހު، ފަތިސް ނަމާދުކޮށް ދުޢާކޮށްގެން، ވީހައިވެސް އަވަހަށް ޤައުމީ ވާޖިބު އަދާކުރުމަށް ގޮވައިލައްވައިފައެވެ.

"އިރާދަކުރެއްވިއްޔާ މި ޤައުމު އަލުން އަނބުރާ ހޯދުމަށް މިކުރާ މަސައްކަތް ކާމިޔާބު ވާނެ."

ރޭގެ ވާހަކައިގައި ވެސް، މުޢިއްޒު ތަކުރާރުކޮށް ދެއްވީ، ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، މިނިވަންކަން އަލުން ހޯދައިދެއްވާނެކަމުގެ ޔަޤީންކަމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!