ރައީސް ޞާލިޙާއި ބައްދަލުކުރެއްވުމަށް ނަޝީދު ރައީސް އޮފީހަށް
ރައީސް އިބްރާހިމް މުހައްމަދ ޞާލިޙާއި ބައްދަލު ކުރެއްވުމަށް މަޖިލިސް ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އޮފީހަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދު ރައީސް އޮފީހަށް މީގެ އިރުކޮޅެއް ކުރިން ވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.
މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.
ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ މި ބައްދަލުވުން ބާއްވާފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ނަޝީދު ހުށަހަޅުއްވައި، މަޖިލީހުގައި އެ މަސައްކަތް ހިނގަމުން ދާ ދަނޑިވަޅެއްގައެވެ.
އެގޮތުން މަޖިލީހުން ވަނީ އަންނަ މަހުގެ 30 ގައި ނިޒާމީ ވޯޓް ނަގަން ފާސްކޮށް، އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ.
Ads by Allied Insurance