ޚަބަރު ސިޔާސީ

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އަދި ލ ކައުންސިލް ރައީސް ޕީޕީއެމަށް ސޮއިކުރައްވައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް އަދި ލ ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ޕީޕީއެމް އަށް ސޮއިކުރައްވައިފިއެވެ.

Ads by MWSC

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މިރޭ ގަމުގައި ބޭއްވި ޖަލްސާގައި އެ ދެބޭފުޅުން ޕީޕީއެމަށް ސޮއިކޮށްފައިވާއިރު މޫސާ ސިރާޖުވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭން ތެރޭގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދުކުރައްވާނެކަން ހާމަކުރައްވާފައެވެ. ނަމަވެސް އޭރު އެބޭފުޅާ ޕީޕީއެމަށް ސޮއިކުރައްވާފައިނުވެއެވެ.

މޫސާ ސިރާޖަކީ އެމްޑީޕީގެ މަޖިލިސް މެންބަރެކެވެ.

މުއިއްޒުއަށް ތާއީދުކުރެއްވިކަން އިއުލާނުކުރައްވަމުން ސިރާޖު ކުރިން ވިދާޅުވީ، 2018 ވަނަ އަހަރު ލ. އަތޮޅުން އެމްޑީޕީއަށް ކުރި ލިބުނުކަމުގައިވިޔަސް މިފަހަރުގެ އިންތިޚާބުގައި އެކަން ބަދަލުކުރައްވާނެކަމަށެވެ.

އިސްމާއީލް އަލީ އަކީ ޑިމޮކްރެޓްސްގެ މެންބަރެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!