ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ
ދިވެހި ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަމުންދާތާ 10 ދުވަސް ފަހުން އޭނާ މާލެ އިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ގެއްލިގެން ހޯދަމުން ގޮސްފައި ވަނީ ހދ. މަކުނުދޫ ސިތާރާމަންޒިލް ނާތިފް އަބްދުއްސަލާމް (28އ) އެވެ.
އޭނާ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ.
ފުލުހުން މިއަދު ހެނދުނު ވިދާޅުވިގޮތުގައި އޭނާ ރޭގެ ވަގުތެއްގައި މާލެއިން ވަނީ ފެނިފައެވެ. އަދި އޭނަގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
Ads by Allied Insurance