Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޑރ. މުޢިއްޒުގެ ވެރިކަން ވެގެންދާނީ ތާރީހް ދެކޭނެ އެންމެ އަދުލުވެރި އިންސާފުވެރި ވެރިކަމަށް: ޝަހީމް

ޑރ. މުޢިއްޒުގެ ވެރިކަން ވެގެންދާނީ ތާރީހް ދެކޭނެ އެންމެ އަދުލުވެރި އިންސާފުވެރި ވެރިކަމަށް: ޝަހީމް

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އުފެދިގެންދާ ޕީޕީއެމް/ޕީއެންސީގެ ޑރ. މުއިއްޒުގެ ވެރިކަމަކީ ތާރީހުގައި ދެކޭނެ އެންމެ އަދުލުވެރި އިންސާވެރި ވެރިކަމަށް ވެގެންދާނެ ކަމުގެ ޔަގީންކަން އޮތް އޮތްކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިނަށް ލ. އަތޮޅަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ޑރ. މުޢިއްޒަކީ އެއްވެސް ބޭފުޅަކަށް އަނިޔާއެއް ދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އަދި މުޢިއްޒަކީ އިސްލާމީ ތަރުބިއްޔަތު ލިބިވަޑައިގެން ހުންނެވި ތަޢުލީމީ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެއް ކަމަށާއި މުޢިއްޒުގެ ވެރިކަން ވެގެން ދާނީ ތާރީހް ދެކޭ އެންމެ އަދުލުވެރި އެންމެ އިންސާފުވެރި ވެރިކަމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

"އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ މުޢިއްޒަށް ތިބޭފުޅުން ތާއީދު ދެއްވާށެ. އަޅުގަނޑުމެންގެ ޒުވާޞް ޖީލު ސަލާމްކުރުމަށްޓަކާ. އަޅުގަނޑުމެންހެ ކުޑަކުދިންގެ މުސްތަގްބަލް ސަލާމަތްކުރުމަށްޓަކާ" ޝަހީމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް