ޚަބަރު ސިޔާސީ

ވޯޓު ކަރުދާސްތަކެއް ބޭރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަދުރޭ ވިދާޅުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓު ކަރުދާސް ބޭރުވެފައިވާ ކަމަށް ޕީޕީއެމް ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.

Ads by MWSC

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިނަށް ލ. ގަމަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުުޅުދައްކަވަމުން އަދުރޭ ވިދާޅުވީ އެމްޑީޕީގެ މީހުން ބައެއް ރަށްރަށަށް ގޮސް އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް ވޯޓު ކަރުދާސްކޮޅެއް ދިނުމަށްފަހު ފާހަގަ ޖެހުމަށް އެދޭ ކަމަށެވެ.

އަދި އިދިކޮޅުން އެ ފުރުސަތު ނުދޭނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން މި މައްސަލަ ބަލަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ތުހުމަތު ކުރަނީ ވޯޓު ކަރުދާސް ބޭރުވެއްޖެ ކަމަށް. އިލެކްޝަންސް ކޮމިޝަނުން މިކަން ބައްލަވާ ދެއްވަން އެބަޖެހޭ. އެއްގޮތަކަށް ވެސް ހީ ކުރައްވައިގެން ނުވާނެ މި އިންތިހާބުުގައި ވައްކަން ކުރެވިދާނެ ކަމަކަށް" އަދުރޭ ވިދާޅުވިއެެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުން ސެޕްޓެމްބަރު 9 ވަނަ ދުވަހު ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ނޫނެކޭ ބުނެފައިވާކަމަށެވެ. އަދި އެ އިންތިހާބުގައި ފައިސާއަށް ނުހެއްލޭނެ ކަން ރައްޔިތުން ބުނެފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

Ads by Allied Insurance
  1. ދިވެހި ޒުވާނުން

    ދެން ބުނަންވީ އެއްްނޫން. އިންޑިއާގެ 37000 މީހަކަށް ދިވެހި އައިޑީ ކާޑު ހަދައި އެމީހުންގެ ތެރެއިން ބުނާގޮތަށް ކަންތައްކުރާ އޮފިޝަލުން ތަކެއް ހަމަޖައްސައި އަދި އެމީހުން ލައްވާ ވޯޓްލެވޭގޮތަށް ވޯޓް ފޮއްޓެއް ބެހެއްޓި އަދި އެމީހުންގެ ޚައިރު ހާޒިރުގާ ވޯޓް ކަރުދާސް ފޮށްޠަލައި ނަތީޖާ ޝީޓް ތައްޔާރުކޮށް އެކަން އީސީ އަށް އަންގައި ވޯޓުން މޮޅުހޮވުމަށް މަސައްކަތް އެބަކުރެއޭ