ޚަބަރު

ތިލަފުށި ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކ. ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.

Ads by Hajj Corporation

އެމްއެންޑީއެފުން ވިދާޅުވީ ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ އެފްއާރްއެސްގެ ޓީމުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

އަދި އަލިފާން ރޯވި ދޯނި މިހާރު ފަޅުން ނެރެފައިވާ ކަމަށާއި ދޯނީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!