ޚަބަރު ސަރުކާރު

ފުލުހުންގެ ފްލެޓްތައް ޙަވާލުކުރުމުގެ އެންމެ ފަހު މަސައްކަތްތައް ފަށައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ސަރުކާރުގެ ބޯ ހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން 2013 ވަނަ އަހަރު މަސައްކަތް ފެށި ފުލުހުންގެ ޕޮލްކޯ ފްލެޓްތައް ޙަވާލުކުރުމުގެ އެންމެ ފަހު މަރުޙަލާގެ މަސައްކަތްތައް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by STELCO

އެގޮތުން މިކަން ހާމަކޮށް ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތް ނިމި މިހާރު ފްލެޓްތައް ޙަވާލުކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ހަމަ އެހެންމެ އެ ފްލެޓްތަކުގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢިއުލާން ކުރައްވާފައި ވާތީ އެބަދަލާއެކު އެގްރިމަންޓްތައް އެކުލަވާލާ ފުލުހުންނަށް ފްލެޓް ޙަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރު ވަމުން ދާކަމަށް ފުލުހުން ހާމަކުރެއެވެ.

ފްލެޓުތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ރައީސް ނިންމަވާފައި ވާއިރު ފުލުހުންގެ ފްލެޓުތަކުގެ ގްރޭސް ޕީރިއަޑް މި އަހަރުގެ އޯގަސްޓް މަހުން ފެށިގެން 12 މަސް ދުވަހަށް ހަމަޖެއްސެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

ޕޮލްކޯ ފްލެޓުތަކުގެ ގޮތުގައި 361 ފްލެޓު ތަރައްޤީކޮށްދިނުމަށް ސަރުކާރުން ނިންމާފައި ވާއިރު އެ ފްލެޓުތަކުގައި ހިމެނެނީ ފެންވަރު ރަނގަޅު 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

Ads by Allied Insurance
  1. ބުހުތާނު ދޮގު ހަބަރެއް މިދެން ބޮޑުވަރު