ޚަބަރު ސިޔާސީ

ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭނަން: ޑރ. މުޢިއްޒު 

ރައުފާ ރަޝީދު ، ދެން އޮންލައިން

ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހު ރައީސް ޔާމީން އަބްދުލް ޤައްޔޫމް ގެއަށް ބަދަލުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒު  ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މުޢިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިރޭ ސަލްޓަމްޕާކުގައި އޮތް އިވެންޓުގައި, މުޢިއްޒުގެ ކެންޕެއިން ފެށުނު ހިސާބުން ވަފާތެރި ނުވާނެ ކަމަށާއި ވެރިކަމަށް އައިސްފިނަމަ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ކަފުން ކުރާނެ ކަމަށް ގިނަ ބޭފުޅުން ވިދާޅުވަމުންދާތީ އެކަމާއި ގުޅޭގޮތުން މުޢިއްޒުގެ ބަސްފުޅަކީ ކޮބައިތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުޢިއްޒު ވިދާޅުވީ މާޒީއަށް ބެލި ކަމުގައިވީ ނަމަވެސް ރައީސް ޔާމީނާއި އޮތް ގާތް ގުޅުން ފެންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ހަވާލުކުރި މަސައްކަތެއް ނަމަ އެންމެ ފުރިހަމައަށް ނިންމުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި އެކަން ރައީސް ޔާމީނަށް ވެސް އިނގޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އަދި މަސައްކަތް ކުރައްވާނީ އެމަނިކުފާނުގެ އަރިހުން ދަސްވެފައިވާ ގޮތަށް ބާރު ދުވެލީގައި ގައުމު ތަރައްގީ ކުރުމަށް ކަމަށާއި "ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ފަށާނަން" ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ނޮވެމްބަރު 17 އާ ހަމައަށް އަދި ވަގުތުކޮޅެއް އޮންނާނެ. އެހާ ހަމައަށް ދާއިރު ވެސް އެމަނިކުފާނު މިނިވަން ނުވަންޏާ, ގެއާ ހަމައަށް ވެސް ނުގެނެސްދެވެންޏާ ޔަގީނުން ވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގަަ ހުންނަ މީހަކަށް ކުރެވޭނެ ކަމެއް, ގެއާ ހަމައަށް ބަދަލުކޮށްދިނުން" މުޢިއްޒު ވިދާޅުވިއެވެ.

އަދި ވެރިކަމަށް ހުވާ ކުރާ ދުވަހަކީ ޖުޑީޝަރީއަށް ސަރުކާރުގެ ނުފޫޒު ފޯރުވުން ނިމޭ ދުވަސް ކަމަށާއި އެމަނިކުފާނު ޖަލުގައި އެ ހުންނެވީ ނުހައްގުން ހުކުމެއްކޮށް, ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް މުޢިއްޒު ވަނީ ތުހުމަތުކޮށްފައެވެ.

  1. ޥަހީދު

    ކުރިންބުނީ ހުވާކުރުމުގެ ރަސްމިއްޔާތައް ދާނީ ރައީސް ޔާމީނާ އަދުގުޅާ ލައިގެން ކަމަށް. ބޭނުމީ ގެއަށް ބަދަލުކުރުމެއް ނޫން. މިނިވަން ކުރާނެ ކަމުގެ ޔަަަޤީންކަން

  2. ބައިވެރިވާށޭ

    އިން ވަކިކޮށް ރަޖިސްޓްރީ ހަވާލު ކުރުމަށް ވުރެން މުހިއްމޭ މިގައުމުގެ މިނިވަން ކަން އުތުރު ތިލަފުށީގައި ހުރި އިންޑިއާ ސިފައިންގެ މަނަވަރު ތަކާއި އެމެން އެތަނުގައި ބަހައްޓާފައިވާ ބަރު ހަތިޔާރު ތަކާއި ނިއުކް ވޯރހެޑް ތައް އެތަނުން ނަގާ އިންޑިއާ އަތް ދަށުން އުތުރު ތިލަފަޅު މިނިވަން ކުރުން އެއީ މިގައުމުގެ މިނިވަން ކަން އަނބުރާ ލިބުމަކީ އެކަން ޖިހާދެއް ކަމަށް ދެކިގެން މިކުރަނީ މަމެން ޕިންކީންނޭ އެކަމުގައޭ ކުދިބޮޑު އެންމެހާ ރައްޔިތުން ބައިވެރިވާންވީ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ

  3. އަންނަނީ

    ބިރުވެރި ވެރިކަން އަންނަނީބާ؟؟!!

  4. ނުފޫޒުދޯ

    ބަލަގަ އެކުށްވެރިޔާ ގެޔަށް ބަދަލުކޮށް މިނިވަން ކުރެވޭނީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވައިގެން ނޫންތަ!! މީހަކު މޮޔަވެދާނެ!!

  5. މިއަންނަނީއޭ

    އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ޑޮލަރު ވަނީ އަގުބޮޑުވެ ތަކެތީގެ އަގު ބޮޑުވެފައޭ މަމެން ޕިންކީންގެ ވެރިކަން މިއަދާއި ހަމައަށް އޮތްނަމަ ޑޮލަރެއް 10 ރުފިޔާ އަށް ލިބޭނެ ކަމާއި މެދު މަމެން ޝައްކު ނުކުރަމޭ މަމެން ޕިންކީންގެ ވެރިކަމުގައި އިގްތިސާދު އަވަހަށް ދަރަނިން އިއާދަ ކުރުމަށް ޓަކައި ކުރާނެ ކަމަކީ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ސަރުކާރުން ހިއްކާ އެތަނުން އެއް ހެކްޓަރުގެ ބިން ބިމެއް 10 މިލިއަން ޑޮލަަރަށް ވިއްކާލާނަމޭ މަހަކު 1 ހާސް ބިން މަމެން މިއަންނަނީއޭ ވެރިކަމަށް މަމެން މިއަންނަނީ މިއަންނަނީ މިއަންނަނީ މިއަންނަނީ މިއަންނަނީއޭ…