އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ހިތްވަރާއި ރިވެތި މިސާލަށް މަރްހަބާ ދަންނަވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އިންތިހާބުގެ ނަތީޖާއާއި ގުޅިގެން ރައީސް ނަަޝީދު ވިދާޅުވީ ރައީސް ޞާލިޙް ކުރެއްވި ފުރިހަމަ ކެންޕެއިނާއި ދެއްކެވި ހިތްވަރަށް ރިވެތި މިސާލަށް އެކަނިކުފާނާއި އެމްޑީޕީއަށް މަރުހަބާ ދަންނަވާ ކަަމަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެގޮތުން ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 126586 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %54.05 އެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 107611 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %45.95 އެވެ.
އިންތިހާބު ނާކާމިޔާބުވުމުން ރައީސް ޞާލިޙް ވެސް ވަނީ ޑރ. މުޢިއްޒަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ޞާލިޙްގެ އިތުރުން, ނައިބު ރައީސް ފައިޞަލް ނަސީމްވެސް ވަނީ ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރައްވާފައިވާތީ، އެމަނިކުފާނަށް މަރުޚަބާ ދަންނަވާފައެވެ.
ސަރުކާރަށް ހީވަނީ ޖަމްއިއްޔާ ތަކާއި ބައްދަލުކުރީމާ ރައްޔިތުންނާއި ބައްދަލުވީކަމަށް އެގޮތަށް އެކަން ނުވާނެއޭ މިނިސްޓަރު ކަން ލިބުމުން އެމެން ގާތް ކުރަނީ މަސީ ފަދަ ކޮރަޕްޓް ޖަމްއިއްޔާ ތައް މިސާލަކަށް މަސީގެ ރައީސް އެލިސަން ޖަނާ ބުނުމުން މުޅި މާލެ ކެކިއަރާނެ އޭނާ ދެކެ ރުޅިން އެކަމަކު މާލޭގައި އުޅޭ ރަނގަޚު ސިވިލް އިންޖިނިއަރުން ނާއި ވަޒީރު ބައްދަލުކޮށްބަލަ އާންމުން ބަލައިގަންނާނެ އެމީހުން ދައްކާ ވާހަކަ މަސީ ޖެހޭނީ ސައިޑަށް ޖައްސަން މިފަހަރު އެއީ ވަގުންގެ ޖަމްއިއްޔާ އެކޭ އެލިސަން ޖަނާ އަމިން އަބްލޯ މީ ބޮޑެތި ވަގުންނެ މިމެން ބަލައިގަންނަ ބަޔަކު މާލެ އަކު ނެތޭ އެމެން ނޫން ސަރުކާރަށް މުހިއްމު ވާން ޖެހޭނީ މުހިއްމު ވާން ޖެހޭނީ ހައުސިންގް މިނިސްޓްރީ ގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ އިންޖިނިއަރުންނާއި އާރކިޓެކްޓަރުން އަދި ކިއުއެސް މެން އެމެން އެއީ ތެދުވެރި މީހުންނަށް ވާނީ އެމެން ނާއި އަހަރަކު މައްސަލަ އެއް ނެތޭ ދެފަހަރު ބައްދަލު ކުރިއަސް ދެން އެމެން މެދުވެރިކޮށް އާންމުންނާއި ހަމައަށް ވާސިލް ވާން ޖެހޭނީ މުއިއްޒު ހަދާން ކުރާތި އެލިސަން ޖަނާ ފަދަ ބޮޑެތި ވަގުން މިފަހަރު ގާތް ނުކުރާތި ޔާންޓޭ އަށް އޮޅުވާލައިގެން އެވަގުންތައް ސަރުކާރާއި ގާތް ވުމުން ސަރުކާރު ވެއްޓުނީ އެރުނޑި ކާޅަށް ޑިޒައިން ކުރަން އިނގޭނެ ޕާރކެއް ނުހުންނާނެއޭ އޭނާ ގާތު ބުނޭ ދެފައި ދަނޑިއަށް ސީލާށޭ…