ލިބުނު ކާމިޔާބީއާއެކު މުޢިއްޒުގެ މަންމަގެ ލޮލުން ކަރުނަ!
ރިޔާސީ އިންތިހާބުގެ ދެބުރުން ވެސް ބޮޑު ފަރަގަކާއެކު ކުރި ހޯއްދެވި ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވަލިއްޔުލްއަމްރުކަން ޑރ. މުޢިއްޒު ހޯއްދެވީ ރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިގެންކަން މިހާރު އެމަނިކުފާނަށް ލިބެމުންދާ ތާޢީދުން ވެސް ހާމަވެގެންދާނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން ވާދަކުރައްވައި, ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް އެމަނިކުފާނު ވަނީ ހޯދާފައެވެ. އެންމެ ދެ އަތޮޅު ފިޔަވައި ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު ހޯއްދަވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބަލި ކުރުން ވެގެން ދިޔައީ އާންމުންގެ ލޯބި އެމަނިކުފާނަށް އިތުރުވެގެންދިޔަ ކަމަކަށެވެ.
ކެމްޕޭނަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ޑރ. މުޢިއްޒަށް ލިބުނު އިރު އެމަނިކުފާނު ވަނީ ރާއްޖޭގެ ގިނަ ރަށްރަށަށް ޒިޔާރަތްކޮށްފައެވެ. ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރެވުމަށް އެންމެ ފުރަތަމަ ހައްޖެއްސީ ޕާޓީގެ ރައީސް, ޔާމީން އަބްދުލް ޤައްޔޫމެވެ.
ނަމަވެސް ރިޔާސީ އިންތިހާބަށް ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއް އަތުވެއްޖެ ނަމަ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ނިކުންނަވާނެ ކެންޑިޑޭޓެއްގެ ގޮތުގައި މުޢިއްޒު ވާދަކުރައްވާނެ ކަމަށް އޭރު ދިޔައީ އަޑުތައް ފެތުރެވުންމެވެ. ވޯޓު ކާމިޔާބު ކުރުމަށް އޭރުއްސުރެ މުޢިއްޒު ދިޔައީ ތައްޔާރުވަމުންނެވެ. މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ވެސް އެތައް ބައެއްގެ ތާއީދު އެމަނިކުފާނު ވަނީ ހޯއްދަވާފައެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން މުޢިއްޒު ކުރިހޯއްދެވީ ބޮޑު ތަފާތަކުންނެވެ. މުޢިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން 129،159 މީހުން ވޯޓު ދިނެވެ. އެއީ 54 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 109،868 ވޯޓެވެ. އެއީ 45.96 ޕަސެންޓެވެ.
އިންތިހާބުގެ ނަތީޖާ ގުނަމުންދިޔަ ވަގުތު ޑރ. މުޢިއްޒު އިންނެވީ ޕީޕީއެމް އޮފީހުގައެވެ. ނަތީޖާ ލިބުމުން ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
މީސް މީޑިއާގައި މިހާރު ދަނީ އެމަނިކުފާނު ރޭ ގެއަށް ވަޑައިގެންނެވި މަންޒަރު ދައްކުވައިދޭ ވިޑިއޯއެއް ދަައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މުޢިއްޒު ގެއަށް ވަޑައިގެންނެވިއިރު މަރުހަބާ ވިދާޅުވުމަށް މާ ބޮޑިއަކާއެކު މުޢިއްޒުގެ މަންމާފުޅު ހުއްޓެވެ.
މުޢިއްޒު ފެނުމާއެކު މާބޮޑި ދިނުމަށްފަހު ބައްދާލާ ލޯތްބާއެކު މަރުހަބާ ވިދާޅުވާ މަންޒަރު ފެނެއެެވެ. އެވަގުތު މުޢިއްޒު ވެސް ހުންނެވީ ވަރަށް އުފަލުންނެވެ.
މި ވީޑިއޯ މީސް މީޑިއާގައި ގިނަ ބަޔަކު ދައުރުކުރަމުންދާއިރު އެންމެންވެސް ބުނަމުން ދަނީ އެ ވީޑިއޯއިން މުއިއްޒުގެ ޢާއިލީ ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ. މުޢިއްޒުގެ މަންމަ މުޢިއްޒު ސިފަކޮށްފައިވަނީ އެއީ ވަރަށް ވެސް މަޑުމައިތިރި ހިތްތިރި ދަރިއެއްގެ ގޮތުގައެވެ.
ފުރަތަމަ ބަރުލަމާނީ ނިޒާމަށް ވުރެން މުހިއްމު ކަމެކޭ އެއީ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން ހޮވާއިރު އެމެން ހޮވާ ދާއިރާގައި ވޯޓްލާ ރައްޔިތުންގެ %50 އަށް ވުރެން މަތިން ވޯޓް ހޯދައިގެން އަންނަ މީހުން ވާން ޖެހޭނީ މަޖްލީސް މެމްބަރުންނަށް ފުރަތަމަ އެވޯޓް ނަގަންވީ އެވޯޓް ނަގަން ޖެހޭނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތާއީދު އެކަމަށް އޮތްތޯ ބަލަން ރިފަރެންޑަމް އަކަށް ދާންވީ މިނޫން ގޮތެއް މީގައި އޮވެގެން ނުވާނެއޭ ނުވާނެއޭ ފުރަތަމަ މި ވޯޓް ބާއްވަންވީ އެއަށް ފަހު ބަރުލަމާނީ އާއި މެދު ގޮތެއް ނިންމަން ޖެހޭނީ ކެނެރީގެ ނަޝީދު ފަދަ ފަސްޓް ޑިގްރީ ގަނޑެއް ހަދައިގެން ހުރި މީހަކު ރާއްޖޭގެ ވެރިކަމަށް ގެންނާން ނުޖެހޭނެއޭ ދައުލަތުގެ ބަޖެޓުން 500 މިލިއަން ރުފިޔާ ޚަރަދުކުރަން ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ