ނަސްރުގެ 92ވަނަ މެރެތަން ބެންގަލޫރުގައި

ރާއްޖޭގެ ކާމިޔާބު އެތުލީޓް އަދި ކޯޗް އޭނާގެ 92ވަނަ މެރެތަން ، ބެންގަލޫރުގައި ދުވާގޮތަށް ހަމަޖެހިއްޖެއެވެ.
100 އިންޓަނޭޝަނަލް މެރެތަން ހަމަކޮށް ތާރީޚްގެ ތެރެއަށް ވަނުމަށް މަސައްކަތްކުރަމުންދާ ނަސްރު ، މި މެރެތަންއާ ގުޅޭ ގޮތުން ބުނީ ގާތްގާތުގައި މެރެތަންތައް އޮތުމާ އެކު މި މެރެތަންގެ އަމާޒަކީ ކޮންޕްލީޓްއަކަށް ދިޔުމަށް ކަމަށާއި އޭނާގެ މެރެތަން ޓައިމިންގެ ތެރޭގައި ރޭސް ނިންމޭނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.
އަންނަ މަހުގެ 8ވަނަ ދުވަހު އޮންނަ މި މެރެތަންއަކީ ބެންގަލޫރު އިންޓަނޭޝަނަލް މެރެތަންއެވެ. މިއީ ނަސްރު ބެންގަލޫރުގައި ދުވާ 8ވަނަ މެރެތަންއެވެ.
ނަސްރުގެ މެރެތަން ޝެޑިއުލްގައި ދެން އޮތީ އަންނަ މަހު ތައިލެންޑްގައި އޮންނަ ބެންކޮކް އިންޓަނޭޝަނަލް މެރެތަންއެވެ. އަދި ޑިސެންބަރުގައި ސިންގަޕޯރ މެރެތަންގައި ވެސް އޭނާ ވަނީ ދުވަން ނިންމައިފައެވެ.

ނަސްރުގެ މެޑަލް ސިފައިންގެ އިސް ބޭފުޅަށްނަށް ހަދިޔާ ކުރައްވަނީ..
ނަސްރުގެ އެންމެ ފަހުގެ މެރެތަންއަކީ ގޯލްޑް ކޯސްޓް މެރެތަންއެވެ. އަދި އޭގެ ކުރީން އޭނާ ވަނީ ސިންގަޕޯރ ސަންޑައުން މެރެތަންއެވެ. މި މެރެތަންގެ މެޑަލް އޭނާ ހަދިޔާކޮށްފައި ވަނީ އޭނާ އެމްއެންޑީއެފްގެ ކާނަލް އަޙްމަދު ޝާރިމްއާއި ޑެޕިޔުޓީ ކޮމާންޑަރ ޝާއީއަށެވެ. ނަސްރު ބުނީ އާއިލާ ފިޔަވައި އޭނާގެ ކެރިއަރުގެ އެންމެ މުހިންމު ބަޔަކީ އޭނާ މަސައްކަތްކުރާ އެމްއެންޑީއެފް ކަމަށާއި ސިފައިންގެ އިސްބޭފުޅުންނާއި އެކީގައި މަސައްކަތްކުރާ ހުރިހައި މީހުން އޭނާއަށް ތާއަބަދު ދޭ ތާއީދާއި އެއްބާރުލުމަށް ޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.