ޚަބަރު

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ދެވަނައަށް ބައްދަލު ކުރެއްވީ ޗައިނާގެ ސަފީރުއާ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

Ads by Hajj Corporation

މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ޗައިނާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވަވައި، ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ. 

ޗައިނާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-ޗައިނާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވެވިއެވެ.

އިންތިޚާބީ ރައީސް ފުރަތަމަ ބައްދަލު ކުރެއްވީ އިނގިރޭސިވިލާތުގެ ސަފީރާއެވެ. ދެވަނައަށް ޗައިނާގެ ސަފީރާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!