ޚަބަރު ސަރުކާރު ސިޔާސީ

އިންތީޚާބީ ރައީސް ޑރ. މުޢިއްޒުގެ އަރިހަށް، ޖަޕާން ސަފީރު، ޒިޔާރަތް ކުރައްވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

Ads by STELCO

މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެގޮތުން މި ބައްދަލުވުމުގައި، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ޖަޕާނާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޖަޕާނަކީ ޒަމާނުއްސުރެ، ދިވެހި ރައްޔިތުންނަށް ބޮޑެތި އެހީވެދެއްވަމުން ގެންދަވާ ޤައުމެއްކަން ފާހަގަކުރައްވައި ޑރ. މުޢިއްޒު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިގޮތުން ޑރ. މުޢިއްޒު ވަނީ އެ އެހީތަކުގެ ސަބަބުން ޖަޕާނުގެ ރައްޔިތުންނާއި ސަރުކާރާ މެދު، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޚާއްސަ އިޙުތިރާމަކާއި ޤަދަރެއް ދެވިފައިވާކަން ފާހަގަކުރައްވާފައެވެ.

ފެށިގެންދާ އާ ދައުރުގައި މި ގާތްކަން އިތުރަށް ފުޅާވެ ބަދަހިވުމަށް އުއްމީދު ކުރައްވާ ކަމަށާއި، އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަ ކުރެއްވުމުގައި، ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް ޑރ. މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ޖަޕާން ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-ޖަޕާނުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

Ads by Allied Insurance
  1. ބަލައްޗޭ

    ރައީސް ޔާމީން މިނިވަނެއް ނުވާނެ މުއިއްޒު ވަނީ އެމްޑީޕީ އާއި އެކު ޑީލް ހަދާފައޭ އެމްޑީޕީން ބުނެގެން އޭނާ ބުނީ ޕީޕީއެމް މެމްބަރުން ރައީސް ޔާމީން މިނިވަން ކުރަން ނުނިކުންނަން މަމެން ދަންނަމޭ އޭނާ އެއް ފަހަރުވެސް ގޮވިތޭ ރައީސް ޔާމީން ދޫކޮށްލަން ނޫން ނުގޮވާ ދެން ކިއެއްކުރަން އޭނާ ފުރަތަމަ ދަތުރު އިންޑިއާ އަށް ކުރަންޖެހޭނީ ޗައިނާ އަށް ނޫންތޭ މަމެން ޕިންކީންގެ ވެރިކަމުގައި ފުރަތަމަ ދަތުރު ކުރަންޖެހޭނީ މުއިއްޒު އާއީ އަދުރޭ ދެމީހުން އެވަނީ ޕީޕީއެމް އަށް ގައްދާރުވެފައޭ ޔާންޓޭ ބަލާތި އޭނާ ހުވާކުރުމާއި ހަމައަށް ޔާންޓޭ ދުލެއް ނުކުރާނެ ދެން އޭނާ ބުނާނީ ގާނޫނީ ހަމަތަކުގެ މަތިން ދޫނުވީއޭ ތިމަންނާ ކުރަާނެ ކަމެއް ނެތޭ ބަލައްޗޭ ޔާންޓޭ ބަލައްޗޭ މިނޫން ގޮތެއްވޭތޯ ބަލަގަ ޔާންޓޭ ބަނޑުއަކިރިން ނަށް ރައީސް ކަން ލިބުމުން އަންނި ފުނޑާލީ އަނެއް ބަނޑުއަކިރި މިއޮތީ މަމެންނަށް ލައްވާލާފައޭ..

  2. ޖައްސާށޭ

    ޕީއެންސީ ގައި ނުތިބޭނެ ޕީޕީއެމް މެމްބަރުން އެޕާރޓީގައި ތިބޭނީ ޕީއެންސީ މެމްބަރުން އަދި މެމްބަރުން ގިނަވާނީ ޕީޕީއެމްގައި ޕީޕީއެމްގެ ރައީސެއް ނޫން މުއިއްޒު އަކީ ޕީޕީއެމް އާއި ބެހޭ މީހެއް ނޫން އޭނާ ބުނަނީ އޭނާ ހޮވީ އޭނާ އާއި އޭނާ މަން.މަ އާއި އޭނާ އަންހެނުން ކަމަށް މަމެން ޕިންކީންވެ ރައީސް އަކީ ޔާންޓޭ ޕިންކީންގެ ހުރިހާ މެމްބަރުން އިހްތިޖާޖަށް ނިކުންނަންވީ ލަސް ނުކޮށް މިރޭ ވެސް ނިކުންނަންވީ ދެން ނިކުންނަ ގޮތަށް ގެއަށް ނުވަންނަންވީ އެއީ ހަދަންވީ ގޮތަކީ ރާންބޯގެ ފަހު މަންޒަރު ދެން އޮތީ ކުޅެންވެފައި އެ މަންޒަރު ކުޅެންވީ ކުޅެންވީ ކުޅެންވީ ކުޅެންވީއޭ

  3. ބަލާތި

    މިހާ އަވަހަށް ގަދަ ބަސް ބުނަންފެށީއޭ ބަލަގަ ސަރުކާރުގެ ކުންފުނިތައް ލޫޓުވައިގެން އެމެން ފިލާއިރުވެސް ތިޔާ ބުނާ މުވައްސަސާ ތައް ތިބެނީ ދެކޮޅުން ކަޓްކާލަ ކާލާ އޭސީސީ އެއީ ކިއެއްކުރާ ތަނެއްތޭ އެމެންނަށް އެމްއެމްޕީއާރުސީން ކަޅު ދަބަސް ގެންދިޔަ އެންމެ ވަގަކު ވެސް ހޯދިއްޖެތޭ މުއިއްޒު ވެރިކަމުގައި ގައުމު ލޫޓުވާނެ ވަގުންތައް ވަޅަށް ގެރި ވެއްޓިގެން ކުރާ ޝަރީއަތެކޭ މުއިއްޒުގެ ވެތިކަމެކޭ ތަފާތެއް ނުހުންނާނެއޭ ބަލަން ތިބެއްޗޭ ފެންނާނެ މިތަން ފެންނާނެ