ޚަބަރު ސަރުކާރު ސިޔާސީ

ތަރައްޤީގެ ރޮނގުގައި ޑރ. މުޢިއްޒުގެ ސަރުކާރަށް ސްރީލަންކާގެ ފުރިހަމަ އެއްބާރުުލުން ލިބޭނެ: ސަފީރު

ޙައްވާ އިނާޝާ ، ދެން އޮންލައިން

ތަރައްޤީގެ ރޮނގުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ސްރީލަންކާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސްރީލަންކާ ސަފީރު މިކަން ހާމަކުރައްވައިފައި ވަނީ އިންތީޚާބީ ރައީސް ޑރ. މުޢިއްޒުގެ އަރިހަށް، މިއަދު ކުރެއްވި އިޙުތިރާމުގެ ޒިޔާރަތެގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެގޮތުން މި ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ސްރީލަންކާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ، ޒަމާނުއްސުރެ، ސްރީލަންކާއާ ދިވެހިރާއްޖޭއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ވަނީ ފާހަގަކުރައްވައިފައެވެ.

އަދި، ފެށިގެންދާ އާ ދައުރުގައި އެ ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ސްރީލަންކާގެ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-ސްރީލަންކާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވައިފައެވެ.

Ads by Allied Insurance
  1. އައިމިސްޔޫ

    މަމެން ޕިންކީންގެ ގަޓް ރައީސް ޔާންޓޭ ވެރިކަމަށް އައިނަމަ އިންޑިއާ އިން ނަގާފައިވާ ލޯން މަމެން މިއަހަރު ދައްކާނެ ކަން އެއީ ޔަގީން ކަމެކޭ އިންޑިއާ ފައިބުޑަށް ވެއްޓި ޔާންޓޭ އާދޭސް ނުކުރާނެއޭ އެއާލާތުން ގާތު ލޯން ދެއްކުން ލަސް ކޮށްދޭން ރައީސް ޔާންޓޭ ވެރިކަަމަށް ނައުމުން ދެން އަންނަ މީހުން ނަކީ އެއީ ވަޅަށް ގެރި ވެއްޓުމުން ގެރި ވަޅުން ނުނަގާ ވަޅުން ގެރި ނަގާނެ ގޮތުގެ ޝަރީއަތް ކުރާނެ މީހުންނޭ އެހެން ނޫން ޔާންޓޭ ވެރިކަމަށް އައިނަމަ މަމެން ހުވައޭ ތިޔާ ލޯން މަމެން ދައްކާނަމޭ ވިޔާފާރިވެރިން އަތުން މިސްގާލެއް ވެސް ނުނަގާ އޯއް އޯއް ޔާންޓޭ އައި މިސް ޔޫ މޯރ ދެން ލައިފް މޯރ ދެން ލައިފް ޔުއަރ މެމޮރީ އިޒް އެކްސްޓެސީ އައި މިސް ޔޫ މޯރ ދެން ލައިފް އައި މިސް ޔޫ މޯރ ދެން ލައިފް..