ނަޝީދު އިތުރަށް ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި މާލެ ސަރަހައްދުގައި ވަކި ގަޑިތަކެއްގައި ވެހިކަލް ނުދެއްވޭ ގޮތަށް ހެދުމުން އެކަމަށް އިޝާރާތްކޮށް ދެންނެވި ވާހަކައެއް ނޫން ކަމަށެވެ.
އައްޑޫ އަށް އަސްތަކެއް ގެންނަަނީ

އައްޑޫ ސިޓީ އަށް އަސްތަކެއް ގެންނަން ޒުވާނުން ތަކެއް މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.
މިއަދުގެ ޖަލްސާ ސަޔަށް މެދުކަނޑާލެއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އައްޑޫއަށް ޒުވާނަކު ފަސް އަސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި އަސްތަކާއި ގުޅޭ ހުރިހާ ސެޓްފިކެޓެއް މިހާރު އެގްރިކަލްޗަރ މިނިސްޓްރީން ހައްދަވައި ނިންމަވާފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އަހުގެ ހިދުމަތް އައްޑޫގެ ހުރިހާ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އަސް ރިކްރިއޭޝަނަށް ދުއްވޭނެ ކަމަށާއި ކުޅިވަރަށް ވެސް ދުއްވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑަށް ފެނުނީ މިއީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓެއްގެ ގޮތުގައި. އަޖުމަ ބެލުން ރަނގަޅު ކަމެއްގެ ގޮތުގައި،" ނަޝީދު ވިދާޅުވި އެވެ.