ޚަބަރު

ހައިވޭގައި އެމްއެންޑީއެފްގެ ކާރެއް ފުރޮޅާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ހައިވޭގައި ދުއްވާފައި ދިޔަ އެމްއެންޑީއެފްގެ ކާރެއް ފުރޮޅާލައިފިއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން ބުނީ ފުރޮޅާލީ ހުޅުލޭގައި ހުންނަ އެމްއެންޑީއެފްގެ މަރުކަޒަށް ދަތުރުކުރަމުން ދިޔަ ކާރެއް ކަމަށެވެ.

އެ ކާރު ފުރޮޅާލީ ވިއްސާރަވުމުގެ ސަބަބުން ކަހާލައިގެން ކަމަށާއި އެ އެކްސިޑެންޓުގައި ފުރޮޅާލި ކާރު އިތުރު އެއްވެސް ވެހިކަލެއްގައި ޖެހިފައެއްނުވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

Ads by HDC
  1. ކޮންޓްރޯލް

    ތި ފުރޮޅާލިއިރު ދުއްވި ސްޕީޑް އެނގޭނަމަ..ވިއްސާރަވެގެންތޯ ފުރޮޅާލީ، ނޫނީ ކޮންޓްރޯލް ނުވެގެންތޯ