ޚަބަރު ސިޔާސީ

ޖުޑިޝަރީ އިސްލާހު ކުރާކަށް އެމްޑީޕީން އެއްވެސް އިރަކު މަސައްކަތެއް ނުކުރޭ: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖުޑިޝަރީ އިސްލާހު ކުރާކަށް އެމްޑީޕީން އެއްވެސް އިރަކު މަސައްކަތެއް ނުކުރާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ ޖުޑިޝަރީއަށް އިސްލާހު ގެނައުމުގެ މަސައްކަތަކީ އެމްޑީޕީން ފަށާ، އޭގެ ބޭނުން ހިފައިގެން ވެރިކަމަށްއައިސް، މަޖިލީހަށްވެސް އައިސް ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލާ ދޯކާ ދީފަ އޮތް މައްސަލައެއް ކަމަށެވެ.

”އެއްވެސް އިރަކު އެމްޑީޕީއަކުން ޖުޑިޝަރީ އިސްލާހު ކުރާކަށް މަސައްކަތެއް ނުކުރޭ” ޝަރީފް ވިދާޅުވިއެވެ.

ޖޭއެސްސީ އިސްލާހު ކުރުމުގެ ވާހަކަ އެމްޑީޕީން މިހާރު ފަށައިގެން އުޅެނީ އާ ސަރުކާރަށް ޖެއްސުމަށް ކަމަށް ވެސް ޝަރީފް ވިދާޅިވިއެވެ.

Ads by Allied Insurance
  1. އަބްދޫ

    އެމްޑީޕީން މަސައްކަތް ކުރީ އެމީހުންގެ ބާރުގެ ދަށަށް ކޯޓްތައްގެނައުމަށް.ސުލޫކީ ހަދައިގެން ކަންކުރިގޮތް އެންމެނަށް ފެނނާނެކަމަށްދެކެން.