ޚަބަރު އިޖުތިމާޢީ

ސިފައިންގެ ބޮޑު ސްކްރީނުން އަންގައިދެނީ ދިވެހީން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާއިއެކުގައިކަން!

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޤައުމީ ދިފާއީބާރުގެ މައި މަރުކަޒު، ބަންޑާރަކޮށީގައިވާ ބޮޑު ސްކްރީން ފަލަސްޠީނުގެ ރައްޔިތުންނަށް ޚާއްސަކޮށްފިއެވެ.
ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަތް ޔަހޫދީންނާއި، ފަލަސްޠީނުގެ ރައްޔިތުންނާއި ދެމެދު ކުރިޔަށްދާ ހަނގުރާމައިގައި ފަލަސްޠީނުގެ ނިކަމެތި އެތައް ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ.
މި ދަނޑިވަޅުގައި ރާއްޖޭގެ ރައްޔިތުން ފަލަސްޠީނުގެ ރައްޔިތުންނާއިއެކުގައި ތިބިކަން ހާމަކުރުމަށްޓަކައި ބަންޑާރަ ކޮށީގެ ބޮޑު ސްކްރީން މިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ޚާއްސަކޮށްފައެވެ.

ފަލަސްތީނުގެ ދިދައާއެކު އެ ސްކްރީންގަސި ލިޔެފައި ވަނީ، ދިވެހިން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.

Ads by MWSC

މީގެއިތުރުން ހުޅުމާލޭގައި ހުންނަ އުރީދޫގެ މައި އިދާރާގައިވެސް ވަނީ ފަލަސްތީނު ދިދަ ދިއްލައިލައި، ދިވެހީން ތިބީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާއިއެކުގައިކަން ދައްކައިލައިފައެވެ.

ފަލަސްޠީނާއި އިސްރާއީލާއި ދެމެދު ހަނގުރާމަ ކުރަމުން އަންނައިރު، އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްޠީނުގެ 900އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

Ads by Ooredoo
  1. ކުފުރުގެ އަހުލުވެރިން އިސްރާއީލާއި އެއްކޮޅަށް އަރައިފި، މިވަގުތަކީ ފަލަސްތީނާއި އެއްކޮޅަށް މުސްލިމުން އެކަތިގަޑަކަށްވެ އެއްފަހަރާއި ހަމަލާދީ ﷲ ގެ ނަސްރާއި ކާމިޔާބް ހޯދަންވީ ވަގުތު !
    {كتب الله لاغلبن انا ورسلي } {نصر من الله وفتح قريب } { علا إن نصر الله قريب }