ޚަބަރު

ރާއްޖެއަށް އެތެރެކުރި 5.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް އެތެރެކުރި 5.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

Ads by Hajj Corporation

ކަސްޓަމްސްއިން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ 7 އޮކްޓޯބަރު ޕާކިސްތާނުން ރާއްޖެއަށް ގެނައި ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ.

މިގޮތުން ބަލާ ފާސްކުރެވުނު ހަގެޖުގައި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވްވެފައެވެ.

މި މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމަލް 4.720 ކިލޯ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 5.8 މިލިއަނަށް އަރާ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!